ކާރެއްގައި ރޮކޮށްލި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި

މުހައްމަދު އަލީ
ނޮވެމްބަރ 28, 2024

މާލޭ ސިނަމާލެ އެކެއް ޕާކިންޒޯނުގައި އޮތް ކާރެއްގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ މިމައްސަލައިގެ ތުހުމަތުގައިި ހައްޔަރު ކޮށްފައިވަނީ މާފަންނު އަރާރަތްކުރި، ޚާލިދު މަހުމޫދާއި، އދ. މާމިގިލީ ބުލޫ ވިންޑް، ހަސަން ނަސީމް ކަމަށެވެ. މި ދެމީހުން ހައްޔަރު ކޮށްފައިވަނީ މިއަދު އެވެ.

ބުރުޒުމަގު ސިނަމާލެ އެކެއް ޕާކިންޒީނުގައި އޮތް ކާރެއްގައި ރޯކޮށްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިދިޔަ ހޯމަދުވަހު 18:25 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެމީހުން ބަންދުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަ މިހާރުދަނީ ތަހުގީގު ކުރަމުންނެވެ.

 

މި ލިޔުމާ ގުޅޭ