ރައީސް މުއިއްޒުގެ ތިން ފޮޓޯއަކާއެކު ނަގައިފައިވާ ފޮޓޯ: ފޮޓޯ ސޯޝަލްމީޑިއާ

ރައީސް މުއިއްޒުގެ ފޮޓޯއެއް ބެހެއްޓުމުން ޝިފާޒު ފާޑު ވިދާޅުވެއްޖެ

މުހައްމަދު އަލީ
ޑިސެމްބަރ 2, 2024

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތިން ފޮޓޯއެއް ފަހަތަށްވާ ގޮތަށް މިނިސްޓަރ އަދާމް ޝަރީފް ހިމެނޭ ގޮތަށް ފޮޓޯއެއް ނަގާފައިވާތީ ޑެމްސްގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ފާޑު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިފާޒު ވިދާޅުވެފައިވަނީ ”މިއީ ފޮޓޯފުޅެއް ބަހައްޓާލުމެކޭ ނުބުނެވޭނެ. ދުނިޔޭގެ ގައުމުތަކުގައި މިނޫނަސް ވެރިން ވެރިކަންކުރޭ،“

އެހެންނަމަވެސް ދުނިޔެ ފަހަތަށް ދޫކޮށްފަވާ ނާތަހުޒީބު ސަގާފަތެއް ދިރުވަން އުޅޭ ބަޔަކު މި ނޫނީ ނޫޅޭނޭ ކަމަށް ޝިފާޒު ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވެފައިވަނީ އެކަމަކީ އިންސާނެއްގެ ވިސްނުމުން ކުރި ކަމެއްނަމަ، އެ އިންސާނަކު އެވަނީ ނަފްސާނީ ބަލިމަޑުކަމެއްގައި ކަމަށް ވެސް ވިދާޅުވެފައެވެ.

އެ ފޮޓޯއަށް އެހެން މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވަނީ ”މިފެންނަ ޑިކްޓޭޓަރު ރައީސް އެމްއެމްގެ ފޮޓޯތައް ނަގައި އުކާލަން ޖެހެއެވެ. ތިރީސް ސާޅީސް އަހަރު ފަހަތަށް ދާންއުޅުމަކީ ގައުމު ފަހަތަށް ޖެއްސުމެވެ. މިޒަމާނުގައި ތިޔަފޮޓޯތަކަށް އަޅުކަން ކުރާނެ ދިވެހިންނެއް ނެތެވެ!!ކުރިއްޔާކުރާނީ ނަފްރަތެވެ!! ބޭކާރު ޚަރަދު ނުކުރާށެވެ.“

އިދިކޮޅު ބައެއް ފަރާތްތަކުން ގެންދަވަނީ ރައީސް ޑރ، މުއިއްޒު ގެންދަވަނީ އިހުގެ ކަތީބު ސިސްޓަމަށް ރާއްޖޭގައި ވެރިކަން ކުރަން މަސައްކަތްކުރަމުން ކަމަށް ބުނަމުންނެވެ.

މި ލިޔުމާ ގުޅޭ