މަރާމާރިއަކާ ގުޅިގެން ހޮޅުދޫން މީހަކު ހައްޔަރު ކޮށްފި

މުހައްމަދު އަލީ
ޑިސެމްބަރ 23, 2024

ނ. ހޮޅުދޫގައި ހިންގި މާރާމާރީއަކާ ގުޅިގެން އެރަން މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ވިދާޅުވީ އެމީހާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ކަމަށެވެ.

ހައްޔަރު ކޮށްފައިވަނީ އެރަށު ނިއުލައިފް މޫސާ ރިމްޒީ (30އ) ކަމަށް ފުލުހުން ވިދާޅުވިއެވެ. ފފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

ފުލުހުން ވިދާޅުވީ އޭނާ ހައްޔަރު ކުރީ ޑިސެންބަރު 19 ވަނަ ދުވަހު ހޮޅުދޫގައި ހިންގި ހަމަނުޖެހުމެއްގެ ތެރެއިން، މާރާމާރީއެއް ހިންގައިގެން ކަމަށެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ ޑިސެންބަރު 20 ވަނަ ދުވަހުއެވެ.

މި ލިޔުމާ ގުޅޭ