އެޗުޑީސީގެ ކުރީގެ އެމްޑީ ފަޒުލް

އެޗުޑީސީގެ ކުރީގެ އެމްޑީ ފަޒުލްގެ ބަލައި ފާސްކޮށް ބައެއް ތަކެތި ގެންގޮސްފި

މުހައްމަދު އަލީ
ޑިސެމްބަރ 24, 2024

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގުގެ ދަށުން އެޗުޑީސީގެ ކުރީގެ އެމްޑީ އިބްރާހީމް ފަޒުލް ރަޝީދުގެ ދިރިއުޅޭގެ ބަލައި ފާސްކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ އެގެއަށް ރޭ ފުލުހުން ވަދެ ފާސްކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ބަލައި ފާސްކޮށް ތަހުގީގަށް ބޭނުންވާ ބައެއް ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ބައެއް އިލެކްޓްރޯނިކް ސާމާނު ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެޗުޑީސީން ގެއްލިގެން އުޅުނު ފަސް ލެޕްޓޮޕްވެސް ރޭ ވަނީ ފެނިފައެވެ.

މި ލިޔުމާ ގުޅޭ