ހ. ފެންޓެނޯއިގޭގެ ނުވަނަ ބުރިން ވެއްުޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ޒުވާނުން ފަށައިގެން ކުރިއަށްގެންދާ މުޒާރާ ރޭ ވެސް ކުރިއަށް ގެންގޮސްފިއެވެ. ރޭގެ މުޒާހަރާ ކުރިއަަށް ދިޔައީ ވެހެމުންދިޔަ ވާރޭގެ ތެރޭގައެވެ. މާލޭގެ އެކި ސަރަހައްދު ތަކުން ސިފައިން ފެން ހިންދަމުންދިޔަ ވަގުތު ޒުވާނުން ދިޔައީ ހެންވޭރު ދަނޑުކައިރީގައި ތިބެގެން ޔުމްނުއަށް އިންސާފު ހޯދައިދިނުުމަށް ގޮވާލަމުންނެވެ.
ޒުވާނުން މިމުޒާހަރާތައް ކުރިއަށް ގެންދަނީ ”ދުލެއް ނުކުރާނަން“ ނަމުގައެވެ. ޒުވާނުން ތިބީ ދޫކުރާ ގޮތަކަށް ނޫންކަން ރޭ ވަނީ އެނގިގެން ގޮސްފައެވެ.
ޔުމްނުގެ މައްސަަލަ އިންސާފުން ބަލައި ތަހުގީގުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތިންމެންބަރުންގެ މައްޗަށް އެކުލެވޭ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފައެވެ. އެކޮމިޝަނުގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރާއި ޑރ. މުހައްމަދު ހަބީބާއި، ރިޓަޔަރޑް ބްރިގޭޑިއާ ޖެެނެރަލް އަހުމަދު މުހައްމަދެވެ. ކޮމިޝަނުގެ ރައީސަކީ ޑރ. މުނައްވަރެވެ. މި ކޮމިޝަނުން ރިޕޯޓު ކުރަންޖެހެނީ ސީދާ ރައީސަށެވެ.
މި މައްސަލާގައި ޒުވާނުން ބައެއް ބޭފުޅުންގެ އިސްތިިއުފާއަށް ވަނީ ގޮވާލައިފައެވެ. އޭގެ ތެރެއިން އިސްތިއުފާ ދެއްވީ ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއުއެވެ. ޓްރާންސްޕޯޓު މިނިސްޓަރާއި ހޯމް މިނިސްޓަރު އިސްތިއުފާ އެއް ނުދެއްވައެވެ. އެބޭފުޅުން ގެންދަވަނީ އިސްތިއުފާ ދެއްވަން ނުޖެހޭ ކަމަށް ވިދާޅުވެ މަގާމު ދިފާއު ކުރައްވަމުންނެވެ.