ގެއްލުނު ދޯނި އިންޖީނު ހުއްޓިފައިވަނިކޮށް ފެނިއްޖެ

މުހައްމަދު އަލީ
އޭޕްރިލް 29, 2025

މިހިނގާ އޭޕްރިލް 27 ވަނަ ދުވަހުގެ ރޭ 8:00 އެހައިކަންހާއިރު ގދ. ގައްދޫއިން ފުރައިގެން ހުޅުމާލެއަށް ދަތުރުކުރި ”ބްރިލިއަންޓް ކެރިއަރ“ ނަމަކަށް ކިޔާ ދޯނި ގެއްލިގެން ހޯދަމުންދަނިކޮށް ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ އެ ދޯނިފެނިފައިވާކަން އަންގާފައިވަނީ އެމްއެންޑީއެފުން ކަމަށެވެ. ދޯނިފެނިފައިވަނީ ލ. އަތޮޅު ފޮނަދޫ ކައިން ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. ފެނުނުއިރު ދޯނީގެ އިންޖީނުވަނީ ހުއްޓިފައި ކަމަށްވެސް ބުނެފައިވެއެވެ. ދޯނި ފެނިފައިވަނީ ރޭ ފަތިހު 5.00 އެހައިކަންހާއިރު ކަމަށް ފުލުހުންވަނީ ބުނެފައެވެ. ދޯންޏަށް ބޭނުންވާ އެހީތެރިކަން އެމްއެންޑީއެފް ކޯސްޓުގާޑުން ވަނީ ފޯރުކޮށްދީފައެވެ.

އެއިން ދަތުރުކުރި ފަސް މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *