އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި

ހިރި ނިއުސް
އޭޕްރިލް 28, 2025

އެޕަލް ވޮޗް ގެންގުޅުއްވާ އުރީދޫ ކަސްޓަމަރުންނަށް އެޕަލް ވޮޗް ސެލިއުލަރ ސަރވިސްގެ ދަށުން އުރީދޫ އީސިމްގެ ޚިދުމަތް މިހާރު ބޭނުންކުރެވޭނޭ ކަމަށް އެކުންފުނީން ބުނެފިއެވެ.

އުރީދޫ އީސިމް ވެއާރަބަލްސް ގެ ޚިދުމަތް އެޕްލް ވޮޗް ގެންގުޅުއްވާ ފަރާތް ތަކަށް ތައާރަފުކޮށްފާވާއިރު، މިހާރު ކުރިއަށް ދާ ހާއްސަ އޮފަރ ގެ ދަށުން ހިދުމަތް ނަންގަވާ ފަރާތްތަކަށް ހަ މަސް ދުވަހުގެ ހިލޭ އެޕަލް ވޮޗް ސެލިއުލާ ހިދުމަތް ލިބޭނޭ ކަމަށް މވެސް އުރީދޫން ވަނީ ބުނެފައެވެ.

މި ޚާއްސަ އޮފަރ ގެ މުއްދަތަށް ފަހު މަހަކު 200 ރުފިޔާއަށް ހިދުމަތް ލިބޭނެ އެވެ. ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް މި ހިދުމަތް ހުޅުވާލާފައިވާއިރު، ހިދުމަތް ނަންގަވާ ފަރާތްތަކަށް ކައިރީގައި އައިފޯން ނެތްކަމުގައި ވިޔަސް ސީދާ އެޕަލް ވޮޗުން ކޯލް ކުރެވޭނޭ ކަމަށް ވެސް އެކުންފުނީން ބުނެފައިވެއެވެ.

އެޕަލް ވޮޗް ސީރީޒް 10، އެޕަލް އަލްޓްރާ 2 އަދި އެޕަލް ވޮޗް އެސްއީ ފަދަ އެޕަލް ވޮޗް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫގެ އިތުބާރު ކުރެވޭ ރީޓެއިލް ޕާޓްނަރުންނާ ގުޅިގެން މޫލީ މެދުވެރިކޮށް ބައްލަވައިގަނެވޭނޭ ކަމަށްވެސް ވަނީ ބުނެފައެވެ.

ޝަރުތު ހަމަވާ މޮޑެލްތަކުގެ ތަފްސީލް ހޯދުމަށް:  https://ore.do/applewatch

 

މި ލިޔުމާ ގުޅޭ