ނިމިގެންދިޔަ އެޕްރީލްމަހު ވޭޕާގުޅޭ އެކި މައްސަލަތަކުގައި 39 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެ 39 މީހުންގެ ޖޫރިމަނާގެ ގޮތުގައި 192،500 ރުފިޔާ ދައުލަތަށްވަނީ ލިބިފައި ކަމަށެވެ. އޭގެ ކުރީމަހު ވޭޕްގެ އެކި މައްސަލަ ތަކުގައި ޖުރީމަނާ ކޮށްފައި ލިބިފައިވަނީ އެއްލައްކަ ތޭވީސް ހާސް ރުފިޔާއެވެ.
ރާއްޖޭގައި ދުންފަތް މަނާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސިގިރެޓުގެ އަގޮވަނީ ބޮޑުކޮށްފައެވެ. އަގުބޮޑު ކުރިޔަސް ވަރަށްގިނަމީހުން ދަނީ އަދިވެސް ސިގިރެޓު ބޮމުންނެވެ. ރާއްޖޭގައި މިކަން ހުއްޓުވުމަށް ސަރުކާރުން ގެންދަވަނީ މިކަން ހުއްޓުވުމަށް ފުލުހުންނަށް ގާނޫނީބާރުވެރިކަން ދިނުމެވެ.