ހެންވޭރު ގެއެއްގެ ހަތަރުވަނަ ފަންގިފިލާގެ ފާޚާނާތެރޭގައި ނިޔާވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތެރިވާން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ ނިޔާވެފައި އޮއްވާ ފެނިފައިވަނީ، ގ. ލަންކާ، އަބްދު މުފީދު ކަމަށެވެ. އޭނާގެ އުމުރަކީ 46 އަހަރު ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އެގެއަށް ދިޔައީ ދަމާސް ފަރުނީޗަރު ފިހާރަ ހުންނަ ސަރަހައްދުން ނުބައިވަސްދުވާތީ އާންމުން ކުރި ރިޕޯޓަކާ ގުޅިގެންނެވެ. މިމަރާ ބެހޭ ގޮތުން ފުލުހުން އަދި އިތުރު މައުލޫމާތެއް ނުދެއްވައެވެ.






