ޓެރިފް ހަނގުރާމައާ ހެދި ގެއްލުމާ ކުރިމަތިލާން ޖެހިއްޖެ

އިބްރާހީމްް ސަމީރު
މެއި 12, 2025

އެމެރިކާއިން ޗައިނާގެ މުދަލަށް ނަގާ ޓެރިފް ބޮޑު ކުރުމުގެ ސަބަބުން ޗައިނާއިން ވަނީ އެހެން ގައުމުތަކަށް މުދާ ބޭރުކުރުން އިތުރުކޮށް ފައެވެ. އަދި އެކަމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދީ ހަމަޖެހުމަށް ނުރައްކާވެފައިވާ ކަމަށް ބެލެވެއެވެ. ޗައިނާއިން ދަނީ އެމެރިކާގެ ވިޔަފާރީގެ ނިންމުންތަކާ ދެކޮޅަށް ޗައިނާގެ މަސްލަހަތު ހިމާޔަތް ކުރުމަށް ފިޔަވަޅުތައް އަޅައި ޗައިނާގެ ވިޔަފާރީގެ ޑިޕްލޮމެސީ ވަރުގަދަ ކުރަމުންނެވެ.

ޗައިނާއިން ވެސް ހުށަހަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެމެރިކާގެ މުދަލުން %125 ޓެރިފް ނެގުމާއި ނާދިރު މައުދަންތައް އެމެރިކާއަށް އެކްސްޕޯޓް ކުރުން ހަނިކުރުމުގެ އިންޒާރުތައް ހިމެނެއެވެ. ބެއިޖިންގެ މި އަމަލުތަކަކީ ޑަބްލިޔުޓީއޯގެ ތަފާތު ނުކުރުމުގެ ގަވާއިދުތަކާ ހިލާފު އަމަލުތަކެކެވެ. އަދި މިއީ ޗައިނާއިން ދަމަހައްޓަމުންދާ ކަމަށް ބުނާ މަލްޓިލޭޓަރަލް ނިޒާމަށް ބުރޫއަރާ ކަމެއް ކަމަށް ބެލެވެއެވެ.

ދުނިޔޭގެ އިލެކްޓްރޯނިކް ވެހިކަލްގެ %60 އަދި ސޯލާ މޮޑިއުލް އުފެއްދުމުގެ %80 އަށް އެހީތެރިވެ ދޭ ސަބްސިޑީތަކުން ބާޒާރުގައި ހަމަހަމަކަން ގެއްލި، ”ޗައިނާ ޝޮކް 2.0“ ގެ ނުރައްކާ ކުރިމަތިވެފައިވާ ކަމަށް މުހައްލިލުން ދެކެއެވެ.

މީގެ ކުރިން އަޅާފައިވާ މިފަދަ ފިޔަވަޅެއްގައި، 2000 ގެ އަހަރުތަކުގައި އެމެރިކާގެ 3.4 މިލިއަން ވަޒީފާ ގެއްލުނުކަމަކީ ފެންނާން އޮތް ހަގީގަތެކެވެ.

އެމެރިކާއިން ޗައިނާގެ މުދަލުން %100–145 ޓެރިފް ނަގައިގެން ކުރިމަތި ލުމަކަށް ދާއިރު، ޗައިނާއަކީ، 1.2 ޓްރިލިއަން ޑޮލަރުގެ ސަބްސިޑީ އުފެއްދުންތެރިކަމަށް ދޭ ގައުމެކެވެ. އޭގެ އިތުރުން އެހެން ގައުމުތަކަށް ޗައިޏާ މުދަލަށް ވާދަ ނުކުރެވޭ ގޮތަށް ޗައިނާއިން ރައްކާތެރި ކުރުމުގެ ފިޔަވަޅުތައް އަޅައެވެ. ޗައިނާއިން އެމެރިކާގެ ދަނޑުވެރި މުދަލަށް %125 ޑިއުޓީ ނަގަން ނިންމުމުން އެމެރިކގެ ދަނޑުވެރިންގެ އެކްސްޕޯޓު ހުޓުމަކަށް ދެއެވެ.

އީޔޫ އާއި ޖަޕާން ފަދަ ގައުމުތައް އެމެރިކާއާ ގުޅިގެން، ޗައިނާއާ ދެކޮޅަށް އެންޓި ސަބްސިޑީ ޑިއުޓީ ނަގައި، ސެމީކޮންޑަކްޓަރަށް އިންވެސްޓް ކުރަމުންދާއިރު، ޗައިނާގެ ގޭބިސީތަކުގެ ޚަރަދު ޖީޑީޕީގެ %38 އަށް އަރައިގެން ދެއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *