އަޒްމިރަލްދާއާއި، މަހާޒު ވަކިކުރީ ސަރުކާރާއެކު ޑީލް ނުހަދާނެކަން ކަށަވަރުވުމުން: އުމަރު

މުހައްމަދު އަލީ
މެއި 15, 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ކުރިން ތިއްބެވި ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރުމުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރި ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ. އުމަރު ވިދާޅުވެފައިވަނީ އަޒްމިރަލްދާއާއި، މަހާޒު ވަކިކުރީ ސަރުކާރާއެކު ޑީލް ނުހަދާނެކަން ސަރުކާރަށް ކަށަވަރުވުމުން ކަމަށެވެ.

”މިއަދު މި ބޭފުޅުން ފަޑިޔާރު ކަމުން ވަކިކުރެވުނީ ސަރުކާރާ އެކު ޑީލް ނުހަދާ، އިންސާފާއި ހަމަ ހިފަހައްޓާނެ ކަން ސަރުކާރަށް ކަށަވަރު ވުމުން،“ އުމަރު ވިދާޅުވިއެވެ.

އިއްޔެ ވަކިކުރި ފަނޑިޔާރުންނަކީ ދިވެހިރާއްޖޭގައި ތިއްބެވި އެންމެ ޤާބިލް، އެންމެ އިންސާފުވެރި އަދި ތަޖުރިބާ ހުރި ފަޑިޔާރުންގެ ތެރޭ ހިމެނިވަޑައިގަންނަވާ ބޭފުޅުންކޮޅެއް ކަމަށެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ކުރިން ހުންނެވި  ހުސްނުއްސޫދުވެސް ހިމެނިވަޑައި ގަންނަވައެވެ. ސަރުކާރުން ޝަރީއަތްތަކުގެ ތެރެއަށް އަތްބާނާ ކަމަށް ބުނެ ސުއޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ.

އެމްޑީޕީން ބުނެފައިވަނީ ފަނޑިޔާރުން ވަކިކޮށްފައިވަނީ ޣައިރުގާނޫނީ ގޮތަކަށް ކަމަށެވެ.

 

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *