ޓްރަމްޕްގެ ހޮޅި ވާހަކަތަކަށް ރައްދުދެއްވަމުން ރަންފޯސާ ވިދާޅުވީ، ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ދެކުނު އެފްރިކާގައި މަރުވާ މީހުންގެ ތެރެއިން ގިނައީ ކަޅު މީހުން ކަމަށެވެ.

އިބްރާހީމްް ސަމީރު
މެއި 23, 2025

ވައިޓްހައުސްގައި ބޭއްވުނު ވިޔަފާރިއަށް އަމާޒުކުރެވިފައިވާ ބައްދަލުވުމެއްގައި، ޓްރަމްޕް ވަނީ ފޭކު ވާހަކަތަކެއް ދައްކާފައެވެ. ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާއާއި ޓްރަމްޕްގެ ބައްދަލު ވުން ފެށުނީ އާދައިގެމަތިން ނިކަން ތަހުޒީބު ގޮތަކަށެވެ. ނަމަވެސް އެސާގހިތަކުން ޓްރަމްޕްގެ ބުލީ ކުރާ މިޒާޖު، އޭނާ ޔުކްރެއިންގެ ރައީސާ ބައްދަލު ކުރެއްވި ދުވަހު ބަދަލު ވެގެން ދިޔަގޮތަށް ބަދަލު ވެއްޖެއެވެ. އަދި ރަންފޯސާގެ ގައުމުގެ ނަން ހުތުރު ވާގޮތަށް ތުހުމަތުތައް ކުރައްވަން ފެށްޓެވިއެވެ. ރަންފޯސާ ވަނީ ޓްރަމްޕްގެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އަދި އޭނާގެ ސުލޫކު ބެހެއްޓެވީ ދައުލަތުގެ ވެރިއެއްގެ ތަޖުރިބާކާރު މިންގަނޑާ އެއްގޮތަށެވެ.

ޓްރަމްޕްގެ ރުޅި ވެރިކަމަކީ ނާޒީ ޒަޔަނިސްޓުންނާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ދެކުނު އެފްރިކާއިން ދައުވާ ކުރުމެވެ. ތްރަމްޕް ވަނީ އެކަމަށް ފާޑު ކިޔާފައެވެ. އަދި އެކަމާ ގުޅިގެން ޓްރަމްޕް ވަނީ ނާތަހުޒީބީ ގޮތަކަށް އަމަލު ކޮށްފައެވެ. ދެކުނު އެފްރކާގެ ސަފީރު އެމެރިކާއިން ބޭރުކޮށްފައި ވެއެވެ. އަދި އޭގެ އިތުރުން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ނުފޫޒ ފޯރުވާފައި ވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސައްހަކަން ކަށަވަރުނުވާ ރިޕޯޓުތަކަކަށް ހަވާލާދެއްވައި، ދަނޑުވެރިކަން ކުރާ ހުދު މީހުންނާ ދެކޮޅަށް ދެކުނު އެފްރިކާއިން ”ނަސްލީ ތަފާތު ކުރާ ކަމަށާއި“ އަދި ”ނަސްލީ ތަފާތުކޮށް މަރާލާ“ ކަމަށް ތުހުމަތުކުރައްވާފައެވެ.

ޓްރަމްޕްގެ ހޮޅި ވާހަކަތަކަށް ރައްދުދެއްވަމުން ރަންފޯސާ ވިދާޅުވީ، ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ދެކުނު އެފްރިކާގައި މަރުވާ މީހުންގެ ތެރެއިން ގިނައީ ކަޅު މީހުން ކަމަށެވެ.

ހައްދުފަހަނައަޅާފައިވާ ކަނާތު ފިޔައގެ ދޮން މީހުންގެ ޖަމާޢަތްތަކުން އިތުރަށް ފެތުރަމުންދާ ޕްރޮޕެގެންޑާއާ ހަވާލާދީ ޓްރަމްޕްގެ މި އޮޅުވާލުންތައް ވިދާޅުވި އިރު، ދޮން މީހުންގެ ނަސްލީ ތަފާތު ކުރުމުގެ އެޕާޓައިޑްގެ ދުވަސްވަރު ކަޅު އަދި އިންޑިއާ ދަރިކޮޅުގެ މުޖުތަމަޢުތަކަށް އެތައް އަހަރުތަކެއް ވަންދެން ދެމުން ދިޔަ ބޮޑެތި އަނިޔާތަކުގެ ތާރީޚު ޓްރަމްޕް ވަނީ ނުވާކަމެއް ކަމުގައި ހަދާފައެވެ.

ދެކުނު އެފްރިކާގައި ބިމުގެ މައްސަލައަކީ ނާޒުކު މައްސަލައެކެވެ. ބިންތަކަށް ވެރި ވެގެންފައި ވަނީ ހުދު މީހުންނެވެ. ބިންތައް ދޮން މީހުންގެ އަތްދަށުން ނެގުމަށް ގާނޫނުއަސާސީގައި ބުނާ ގޮތަށް ދެކުނު އެފްރިކާއިން އަމަލު ކުރެއެވެ. އެއީ ބިމެއް ބޭނުން ނުކޮށް ވީރާނާއަށް ދޫކޮށްލާފައި ވާނަމަ ސަރުކާރަށް އެތަނެއް ނެގެއެވެ. އަދި ކޯޓަށް ވެސް ދިއުމަށް ފުރުސަތު ދެއެވެ. ރަންފޯސާގެ ސަރުކާރުން ބުނަނީ ބިމާ ބެހޭ ގޮތުން އަމަލު ކުރަމުން ދަނީ ޤާނޫނީ އިޖުރާއާތުތަކާ އެއްގޮތަށް ކަމަށެވެ. އަދި ދަނޑުތައް ނެގުމުގައި ވަކި ނަސްލަކަށް އަމާޒުކުރުމުގެ އެއްވެސް ކަމެއް ކުރާ ކަމުގެ ހެއްކެއް ފެންނާކަށް ނެތް ކަމަށެވެ.

ދެކުނު އެފްރިކާގައި ކުށްކުރުމުގެ ހާލަތަކީ، އެކަމުގެ ސަބަބުން އެންމެނަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާ ކަމެކެވެ. މިކަން މިހެން މެދުވެރިވެފައިވަނީ ވަކި ނަސްލެއްގެ ސަބަބުން ނޫނެވެ. އެއީ ދޮން މީހުން ވެރިކަން ކުރި އިރު ބޭއިންސާފީން ކަންކަން ކޮށްފައި ވުމާއި، ހަމަހަމަކަން ނެތުމާއި ފުލުހުންގެ ޚިދުމަތުގެ ފެންވަރު ދެރަވުމުގެ ސަބަބުންނެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *