އިންޑިއާގައި 2 އާއި 2.5 މިލިއަނެއްހައި އެކްޓިވް ޑިޖިޓަލް ކްރިއޭޓަރުން ތިބެއެވެ.

އިބްރާހީމްް ސަމީރު
މެއި 23, 2025

މުންބާއީގައި ބޭއްވުނު ވޭވްސް 2025 ގައި ހާމަކުރެވުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އިންޑިއާގައި 2 އާއި 2.5 މިލިއަނެއްހައި އެކްޓިވް ޑިޖިޓަލް ކްރިއޭޓަރުން ތިބެއެވެ. މިއީ 1،000 އަށްވުރެ ގިނަ ފޮލޯވަރުން ތިބޭ ފަރާތްތަކެވެ. މީގެ ތެރެއިން 8-10 އިންސައްތަ މީހުން އަމިއްލައަށް އެ މަސައްކަތުން މިހާރު އެކަށީގެންވާ ގޮތެއްގައި ފައިސާ ހޯދަމުންދެއެވެ.

މިގޮތުން 20-25 ބިލިއަން ޑޮލަރުގެ އާމްދަނީގެ އިގްތިސާދަށް ލިބެމުންދާއިރު، 2030 ވަނަ އަހަރާ ހަމައަށް މި އަދަދު 100-125 ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވެއެވެ.

ބޮސްޓަން ކޮންސަލްޓިންގ ގްރޫޕް (ބީސީޖީ) އިން ނެރުނު ”ކޮންޓެންޓުން ވިޔަފާރިއަށް: އިންޑިއާގެ ކްރިއޭޓަރ އިކޮނޮމީ މެޕްކުރުން“ މި ނަމުގައި

ނެރުނު ރިޕޯޓެއްގައި ބުނާ ގޮތުގައި، އިންޑިއާގެ ކްރިއޭޓަރ އިކޮނޮމީއިން 2030 ވަނަ އަހަރާ ހަމައަށް 1 ޓްރިލިއލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ މާލީ ފައިދާ އިގްތިސާދަށް ވަންނާނެއެވެ.

މިއީ މިހާރު އަހަރަކު އޮންނަ 350 ބިލިއަން ޑޮލަރުން ކުރިއަރައިގެން ދާނެ އަދަދެކެވެ.

އެންމެ މަޤްބޫލުވެފައިވަނީ ކުރު ވީޑިއޯތައް ކަމަށްވާ އިރު، ކޮމެޑީ، ފިލްމު، ޑެއިލީ ސޯޕްޓްސް އަދި ފެޝަން އަކީ އެންމެ މަޤްބޫލު ބާވަތްތަކެވެ. މި ކްރިއޭޓަރުން ނަކީ ކޮންސިއުމަރުންގެ 30 އިންސައްތަ ނިންމުންތަކަށް އަސަރުކުރާ މީހުންނެވެ. މި އަސަރު ޖެންޒީގެ ބޭރުން ކުދި އާބާދީތަކަށްވެސް ފޯރާފައިވެއެވެ.

ބްރޭންޑްތަކުން ދަނީ ކްރިއޭޓަރުން މެދުވެރިކޮށް މާކެޓިން ކުރުމަށް ބަދަލުވަމުން ނެވެ. އަދި މިކަމަށް ކަނޑައަޅާ ބަޖެޓްތައް 3 ގުނައަށް އިތުރުވާނެކަމަށް ބެލެވެއެވެ.

ވޭވްސް 2025 އަކީ މީޑިއާގެ ބޮޑު ސަމިޓެއް ކަމުގައިވާއިރު، މިކަމުން އިންޑިއާގައި ޑިޖިޓަލް ނުފޫޒު ގެ ބޮޑުކަން ފާހަގަކުރެވެއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *