އެމްޑީޕީއަށް ވިހި، މަސައްކަތްތެރީންގެ ހައްގުގައި ސަތޭކަ!

މުހައްމަދު އަލީ
ޖޫން 26, 2025

މިއަދަކީ އެމްޑީޕީގެ ވިހިވަނަ އަހަރީ ދުވަހެވެ. މިއަދާ ދިމާކޮށް އެޕާޓީން ގެންދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. މިއަދު ހެނދުވަނީ ދަނޑިކޮށީ ޖަގަހާގައި ދިދަނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފައެވެ. އަދި އަހަރީ ދުވަހުގެ ކޭކެއް ވެސް ވަނީ ފަޅައިފައެވެ. އެމްޑީޕީއަށް ވިހިއަހަރު ފުރޭއިރު އެޕާޓީން ވަނީ ފާއިތުވި މުއްދަތުގައި އެތައް ކަމެއް ރައްޔިތުންނަށް ކޮށްދެއްވައިފައެވެ. ޚާއްސަކޮށް މަސައްކަތްތެރީންނަށެވެ. އެގޮތުން ކޮށްދީފައިވާ ބައެއްކަންތައްތައް ހިމަނަލާނަމެވެ.

  • 2009- ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ޖަމިއްޔާގައި ރާއްޖޭ ބައިވެރިވުން.
  • ވަޒީފާއާ ގުޅޭގޮތުން އުފެދޭ ދެބަސްވުންތައް ހައްލު ކުރުމަށް ގަވާއިދު ހަދައި، އަމަލުކުރަން ފެށުން
  • މަސައްކަތްތެރިންގެ ގާނޫނު އެކުލަވާލައި، ހައްގުތައް ޤާނޫނުން ކަށަވަރުކޮށްދިން
  • ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖެއް ކަނޑައަޅައި ގާނޫނުގައި ބަޔާންކުރުން
  • މިނިމަމް ވޭޖުގެ ފައިދާ 13،000 ރިސޯޓު މުވައްޒަފުންނަށް ލިބިގެންދިޔަ
  • މިނިމަމް ވޭޖުގެ ފައިދާ 15،000 ސަރުކާރު މުވައްޒަފުންނަށް ލިބިގެންދިޔަ
  • ރިސޯޓު މުވައްޒަފުންގެ ސާވިސް ޗާޖު ގާނޫނެއްގައި ލިޔެ ޔަގީންކޮށްދިނުން
  • އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނު އެކުލަވާލައި އަމަލުކުރާން ފެށުން
  • ރާއްޖޭގައި ފުރަތަމަ ފަހަރަށް މޭ ޑޭ ރެލީއެއް ބާއްވައި މަސަކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން ވަކާލާތު ކުރުން
  • ދައުލަތުގެ މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރުމުގެ ބޮޑު މަަސައްކަތް ފެށުން
  • ތައުލީމީ އަދި ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ހައްގު މުސާރަ ޔަގީންކޮށްދިނުން
  • މަސައްކަތްތެރިންގެ ހައްގުގައި ފުރަތަމަ ފަހަރަށް މޭ ޑޭއަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ފާހަގަކުރުން
  • އޮކިއުޕޭޝަނަލް ސޭފްޓީ ހެލްތު (އޯއެސްއެޗު) ގާނޫނު އެކުލަވާލައި އަމަލުކުރާން ފެށުން
  • ރާއްޖޭގައި ފުރަތަމަ ފަހަރަށް ޔޫނިއަންތަކަށް ގާނޫނީ ހިމާޔަތް ހޯދައިދިނުން
  • ޔޫނިއަނައިޒްވެ ކަލެކްޓިވް ބާގެއިން ކުރުމުގެ ހައްގު ހޯދައިދިނުން
  • ވަޒީފާއާ ބެހޭ ޓުރައިބިއުނަލް އުފައްދާ މަސައްކަތްތެރިންގެ މައްސަލަތަށް ބެލޭނެ ނިޒާމެއް ގާއިމުކުރުން
  • މިނިވަންކަމާއި އެކު ހަރާކާތްތެރިވެ މުޒާހަރާ ކުރުމުގެ ހައްގު މަސައްކަތްތެރިންނަށް ތަންމިނަށް ހުޅުވާލުން
  • ވިހެއުމުން ފުލް މުސާރަ ލިބޭ ޗުއްޓީ ޔަގީން ކޮށްދިނުން: މަންމައަށް 6 މަސް – ބައްޕައަށް 1 މަސް
  • އެއްވެސް ފޮރުވުމެއް ނެތި ދައުލަތުގެ ހަރަދުތައް ގަވާއިދުން ޝައިއުކުރި
  • ޒުވާނުންގެ މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ހިލޭ ޑިގްރީ ޕްރޮގްރާމް ހިންގާން ފެށުން
  • މިނިވަން މުއައްސަސާތައް އެއްވެސް ނުފޫޒެއް ނެތި ހިންގާން ފުރުސަތު ދިނުން
  • އެސްއެމްއީ ބޭންކު އުފައްދައި، 1418 ވިޔަފާރިއަށް ލޯނު އެހީ ދިނުން

މި ލިޔުމާ ގުޅޭ