ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ތިން ވަނަ ބުރުފަށައިފި

މުހައްމަދު އަލީ
ޖޫން 26, 2025

ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ތިން ވަނަ ބެޗުގެ ތަމްރީން މިއަދު ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ތިން ވަނަ ބެޗަށް ހުޅުވާލުމާއެކު 338 މީހަކު ވަނީ ފޯމު ހުށައަޅާފައި ކަމަށެވެ. މީގެ ތެރެއިން ތަމްރީންގައި ބައިވެރިވަނީ ޝަރުތުހަމަވާ އަދި އިމްތިހާނުން ވާސްވި 257 ޒުވާނުން ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މިހާތަނަށް ޒުވާން ޚަޠީބުންގެ ދެ ބުރެއް ވަނީ ނިމިފައެވެ. އެ ދެބުރުގައި 234 ޒުވާނުން ވަނީ ސަނަދު ހާސިލްކޮށްފައެވެ. އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އަމާޒު ހިފާފައިވަނީ މިދައުރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން އުފެއްދުމަށެވެ.

’ޒުވާން ޚަޠީބުން‘ ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށް ޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެއް ކަމަށްވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމާއި ދީނާ ގުޅުން ހުރި އެހެން ބައެއް ދާއިރާތަކުން ޚާއްޞަ ތަމްރީނުތަކެއް ދެވޭނެއެވެ. މި ޕްރޮގްރާމްގެ ސަބަބުން ޚަޠީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއިފަސޭހައެއް ވަނީ ލިބިފައި ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ