އެންމެ ދެކުނުގެ ހަތަރު އަތޮޅަށް ހުދުސަމާލު ނެރެފި

މުހައްމަދު އަލީ
ޖުލައި 11, 2025

ހުވަދު އަތޮޅުގެ ދެބުރިއާއި ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށް ހުދުސަމާލު ނެރެފިއެވެ.

މޫސުމާބެހޭ އޮފީހުން މިއަތޮޅުތަކަށް ހުދުސަމާލު ނެރުނީ ބޯކޮށްވާރޭވެހުމާއި ވައިގަދަވުމާއި ކަނޑުތައް ގަދަވާނޭ ކަމަށް ލަފާކޮށްފިއެވެ.

މޫސުމާބެހޭ އޮފީހުން ވިދާޅުވީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ވައިޖެހޭނޭ ކަމަށެވެ. އަދި ކޮޅިގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނޭ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 2:30 އިން މިރޭ 7:30 އާ ހަމައަށެވެ. މިދުވަސްވަރަކީ ރާއްޖެއަށް ގަދަ ވިއްސާރަ ކުރާ ދުވަސްވަރަކަށްވުމުން ކަނޑުދަތުރުފަތުރު ކުރުމުގައި އެންމެން ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.

 

މި ލިޔުމާ ގުޅޭ