"ވިލު ރޯދި" ރަށަށް ވަދެއްޖެ

މުހައްމަދު އަލީ
ޖުލައި 11, 2025

ހަތް މީހުންނާއެކު މަހަށް ނިކުމެ އުޅިނިކޮށް ގެއްލުނުކަމަށް އިއްޔެ ރިޕޯޓުކޮށްފައިވާ ދޯނި، ސަލާމަތްތެރިކަމާ އެކު އަނބުރާ ރަށަށް ވަދެއްޖެ ކަމަށް އެމްއެންޑީއެފް ކޯސްޓުގާޑުން ވިދާޅުވެއްޖެއެވެ.

މިއީ ތ.ވިލުފުށީ ”ވިލުރޯދި“ ނަމަކަށްކިޔާ ދޯންޏެކެވެ. ދޯނީގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑަށް އެންގީ އިއްޔެވެ.

އެއަށްފަހު ދޯނީގެ ޚަބަރެއް ނުވެގެން މަސައްކަތްކުރަމުން ދަނިކޮށް ޖުލައި 10 ވަނަ ދުވަހުގެރޭ ދަންވަރު އެ ދޯނީގައި ތިބި ފަޅުވެރިންނާ ވަނީ ގުޅިފައެވެ. އަދި ސަލާމަތްތެރިކަމާ އެކު އެދޯނި ވިލުފުށްޓަށް ވަދެފައިވަނީ އެރޭ ދަންވަރު 02:00 އެހައިކަންހާއިރު އެވެ.

 

މި ލިޔުމާ ގުޅޭ