މަޝްހޫރު ޑައިރެކްޓަރު ޖޭމްސް ގަން ޑައިރެކްޓްކޮށްފައިވާ އާ ސުޕަމޭން ފިލްމު މިމަހުގެ 11 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވާފައިވާއިރު، މި ފިލްމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ފެށިފައިވާ ކަމަށް ޚަބަރު ލިބެއެވެ. ސޯޝަލް މީޑިއާގައި ވާހަކަ ދައްކާ މީހުން ބުނާ ގޮތުގައި މި ފިލްމަކީ އިޒްރޭލުގެ އަނިޔާވެރިކަން ދައްކުވައިދޭ ފިލްމެކެވެ.
މީސްމީޑިއާގައި ގިނަ ބަޔަކު މިހާރު ދަނީ މި ފިލްމުގެ ޕްލޮޓް ކިޔައިދީ، އެއާ ބެހޭގޮތުން ވާހަކަ ދައްކަމުންނެވެ. އެގޮތުން ގިނަ ބަޔަކު ބުނަނީ، ފިލްމުގެ ޕްލޮޓްގައި ޔަހޫދީންގެ ޒަޔަނިސްޓު ދައުލަތާ ދެކޮޅު ވަރުގަދަ މެސެޖެއް ހިމެނޭ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ދެ ފަރާތަކަށް ބެހިގެން ޚިޔާލު ފާޅުކުރަމުން ދެއެވެ. ޔަހޫދީ ޒަޔަނިސްޓު އަނިޔާތަކަށް ސަޕޯޓު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ފިލްމުގައި އިސްރާއީލާ ދެކޮޅު މެސެޖެއް ހިމެނުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ނަމަވެސް، އަނެއް ބައި މީހުން ދެކޭގޮތުގައި ފިލްމުގެ މަޤްޞަދަކީ ސިޔާސީ ބަޔާނެއް ދިނުމެއް ނޫނެވެ. އޭގެ ބަދަލުގައި ސުލްޙަވެރިކަން ކުރިއަރުވައި ހަގީގަތް ކިޔައި ދިނުމަކީ ފިލްމުގެ އެންމެ ބޮޑު މަޤްޞަދެވެ.
ހޮލީވުޑަކީ އާދަވެގެން އިޒްރޭލުގެ އުނގަށް ވެއްޓިފައިވާ، ޔަހޫދީން ކޮންޓްރޯލު ކުރާ ފިލްމު އިންޑަސްޓްރީއެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ނަމަވެސް، މި އާ ސުޕަމޭން ފިލްމުގައި ތަފާތު ގޮތަކަށް އަނިޔާވެރިކަމާއި ބާރުދައްކަން އުޅޭ ގައުމެއްގެ ވާހަކަ ގެނެސްދީފައި ވެއެވެ. އަދި ނުފޫޒު ފޯރުވުމާއި ބާރުތައް ބައްކުރުމަށް އުޅޭ ބައެއްގެ ވާހަކަވެސް މި ފިލްމުގައި ހިމެނޭ ކަމަށް ފާހަގަކުރެއެވެ. އެހެންވެ ބެލުންތެރިން ދެކެނީ އެއީ ނަސްލު ނައްތާލާ ޔަހޫދީންގެ ގައުމުގެ ވާހަކަ ކަމަށެވެ.
ދުނިޔޭގެ ރައްޔިތުންގެ ގިނަ ބަޔަކު މިހާރު ގަބޫލުކުރާ ގޮތުގައި ޔަހޫދީ ޒަޔަނިސްޓުންނަކީ ދުނިޔެ ފަސާދަކޮށް، މުޅި ދުނިޔޭގެ ކޮންޓްރޯލު އެމީހުންގެ ފައިސާއާއި ނުފޫޒު ބޭނުންކޮށްގެން ނަގަން އުޅޭ ބައެކެވެ.
ފިލްމުގެ ޑައިރެކްޓަރު ޖޭމްސް ގަން އާއި ވޯނަރ ބްރަދާސްއިން މިހާތަނަށް މި މައްސަލައާ ގުޅޭ ގޮތުން އެއްވެސް ބަޔާނެއް ދީފައި ނުވެއެވެ. އެހެންވެ، ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް އިތުރަށް ހޫނުވެ، މި މައްސަލަ ދުނިޔޭގެ މީސްމީޑިއާގައި ދަނީ ފުޅާވަމުންނެވެ.






