އިންޑިއާއިން އޮސްޓްރޭލިއާއަށް އެކްސްޕޯޓުކުރާ ތަކެތީގެ ތެރޭގައި ސާފުކޮށްފައިވާ ތެޔޮ، ބޭސް، ފޭރާން، އިންޖިނިއަރިންގ ތަކެއްޗާއި ދަނޑުވެރިކަމުގެ އުފެއްދުންތައް ހިމެނެއެވެ. އަދި ކެލްސައިންޑް ޕެޓްރޯލިއަމް ކޯކް އަދި ސިނާޢީ މެޝިނަރީ ފަދަ އައު އެކްސްޕޯޓު ބާވަތްތައްވެސް މިހާރު ވަނީ އިތުރުވެފައެވެ. އޮސްޓްރޭލިއާއިން އިންޑިއާއަށް ސަޕްލައިކުރާ ތަކެތީގެ ތެރޭގައި ކާބަން ބްރިކެޓްސް، ރަން، ދިޔާކޮށްފައިވާ ޤުދުރަތީ ގޭސް، އެލުމިނާ، މަސޫރު އަދި ކަންވާރު ހިމެނެއެވެ. މި ތަކެއްޗަށް ޓެރިފް ކުޑަކުރުމުގެ ސަބަބުން ފައިދާ ލިބިފައިވެއެވެ. މި އެއްބަސްވުމުގެ ސަބަބުން ޓެރިފްތައް ދަށްކޮށް، މާކެޓަށް ވަނުމުގެ ފުރުޞަތު އިތުރުކޮށް، އަދި ސަޕްލައި ޗެއިންގެ އެއްބާރުލުން އިތުރުކުރެވިފައިވެއެވެ.
އޮސްޓްރޭލިއާ-އިންޑިއާ އިޤްތިޞާދީ އެއްބާރުލުމާއި ވިޔަފާރީގެ އެއްބަސްވުމަށ ޢަމަލުކުރަން ފެށުމާއެކު، ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި ބޮޑުތަނުން ކުރިއަރައިގެން ގޮސްފައިވެއެވެ. 2020-21 ގައި 12.2 ބިލިއަން އެމެރިކާ ޑޮލަރުގައި ހުރި ވިޔަފާރި، 2024-25 ގައި 24.2 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެ، ދެގުނަ އިތުރުވެފައިވެއެވެ. އިންޑިއާއިން އޮސްޓްރޭލިއާއަށް އެކްސްޕޯޓުކުރާ ތަކެތީގެ ތެރޭގައި ސާފުކޮށްފައިވާ ތެޔޮ، ބޭސް، ފޭރާން، އިންޖިނިއަރިންގ ތަކެއްޗާއި ދަނޑުވެރިކަމުގެ އުފެއްދުންތައް ހިމެނެއެވެ
އީސީޓީއޭ އިން އިންޑިއާގެ ”މޭކް އިން އިންޑިއާ“ އިނީޝިއޭޓިވްއާއި އޮސްޓްރޭލިއާގެ ވިޔަފާރި ތަފާތުކުރުމުގެ ލަނޑުދަނޑިތަކަށް އެހީތެރިވެދެއެވެ.






