ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ސްރީލަންކާގެ ރައީސް އަނޫރަދިސަނަޔަކަ، މިއަދު ސުލްޠާންޕާކުގައި ބޭއްވެވި ސިމްބޮލިކް ގަސް އިންދުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންފިއެވެ.
މި ރަސްމިއްޔާތަކީ ދިވެހިރާއްޖޭގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދިޔަ މުހިންމު ހަރަކާތެކެވެ.
ސްރީލަންކާގެ ރައީސް ޑިސަނާޔަކަ މި ރަސްމިއްޔާތުގައި އިންދެވީ މޫނިމާ ގަހެކެވެ.
މި ގަސް އިންދުމުގެ ރަސްމިއްޔާތަކީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ އަދި ދެޤައުމުންވެސް ތިމާވެށި ރައްކާތެރިކުރުމަށް ދެމުންދާ ސަމާލުކަން ފާޅުކޮށްދޭ މުހިންމު ހަރަކާތެކެވެ.






