ބަނގުރާއި ބިޔަރު ނައްތާލައިފި

ހިރި ނިއުސް
އޯގަސްޓް 4, 2025

އެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެެރެއިން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

މިދިޔަ މަހުގެ 31ވަނަ ދުވަހު ނައްތާލާފައި ވަނީ 299 ފުޅި ބަނގުރަލާއި 193 ދަޅު ބިޔަރު ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ތަކެއްޗަކީ ދާލު އެއާޕޯޓުން ފުރަންދިޔަ ފަތުުރުވެރިންގެ އަތުން ހިފެހެއްޓިފައިވާ ތަކެެއްޗެވެ.

ބަނގުރާ ނައްތާލުން ކުޑަހުވަދޫ ޕޮލިސް ސްޓެޝަނުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލާވާފައިވާ ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.

ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލާފަވާއިރު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގދ. ތިނަދޫ ސިޓީ ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާތަކެއް ފުލުހުން ވަނީ މެއި މަހުގެ 20ވަނަ ދުވަހުގައިވެސް ނައްތާލާފައެވެ.

މެއި 20ވަނަ ދުވަހު ނައްތާލާފައިވަނީ 89 ފުޅި ބަނގުރަލެވެ. މި ތަކެއްޗަކީ 2024 ނޮވެމްބަރު 1 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ މިހާތަނަށް ކާޑެއްދޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.

ޚަބަރާއި ފޮޓޯ ޕޮލިސް

 

މި ލިޔުމާ ގުޅޭ