ތަރައްޤީ ކުރުމުގެ ބާރު ރައްޔިތުންނަށް ނުދީ ހިފެހެއްޓުމަކީ ބޮޑު ބޭއިންސާފެއް: ރައީސް ޞާލިހު

މުހައްމަދު އަލީ
އޯގަސްޓް 4, 2025

ދިވެހިރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުމުގެ ބާރުތައް ރަށު ރައްޔިތުންނަށް ނުދީ މައި ސަރުކާރުން ހިފެހެއްޓުމަކީ ބޮޑު ބޭއިންސާފެއް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ”ކޮންމެ ރަށެއްގެ އިޚްތިޞާޞް މިހާރު ކަނޑައެޅި، ދައުލަތުގެ އާމްދަނީގެ ވަކި މިންވަރެއް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ލިބި، ކައުންސިލްތަކަށް ވަކި އުޞޫލެއްގެ ތެރެއިން ވިޔަފާރި ކުރެވޭނެ ހުއްދަތައް ދިނުމުގެ ހެޔޮ ނަތީޖާ ފެންނާން ފަށައިފި. ކައުންސިލްތައް ފުދުންތެރިވާން ފަށައިފި،“ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޞާލިހު ވިދާޅުވެފައިވެއެވެ.

އެމަނުކުފާނު ވިދާޅުވެފައިވަނީ 2019 ވަނައަހަރު ގެނެވުނު އިޞްލާޙްތަކުގެ ހެޔޮ ބަދަލުތައް ވެސް މިހާރު ވަނީ ފެންނާން ފަށާފައި ކަމަށެވެ. ޅަފަތުގެ މި ވަގުތު އަނެއްކާވެސް މަރުކަޒީ ވިސްނުމުގައި، ސިޔާސީ ބޭނުމަށް ނިޒާމު ގަޑުބަޑު ކުރުމުގެ ހިތި ނަތީޖާ ލިބޭނީ ރަށު ރައްޔިތުންނަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ. ”މިކަމާ މެދު އަލުން ވިސްނަވައި، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިޞްލާޙްތައް އަނބުރާ ގެނދިއުމަށް ގޮވާލަން،“ އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

”ފެހި ޤާނޫނު އަސާސީއިން ރައްޔިތުންގެ ތަރައްޤީއަށް މަގުފަހިވި ނިޒާމީ އެންމެ މުހިއްމު އެއްބަދަލަކީ ލާމަރުކަޒީ ނިޒާމު ޤާއިމުވުން. އެކި ވެރިކަމުގައި އެ ބާރުތަކާއި ވަޞީލަތްތައް ހަނިކޮށް، ފުޅާކުރަމުން އައިސް 2019 ވަނައަހަރު ލާމަރުކަޒީ ޤާނޫނަށް ހުށަހެޅި އިސްލާޙްތަކަކީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ސިޔާސީ ހުރިހާ ފިކުރުތަކުގެ ތާއީދާވެސް އެކު ފާސްކޮށް ޢަމަލުކުރަމުން އައި އިޞްލާޙްތަކެއް،“

 

މި ލިޔުމާ ގުޅޭ