މެލައިމުގު ހުޅަނގުން ވަދު ކަނދުފަތި ގާއިމްކޮށްފި

މުހައްމަދު އަލީ
އޯގަސްޓް 26, 2025

ގއ. މެލައިމުގު ހުޅަނގުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ގާއިމްކޮށްފި ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި މި ވަދު ކަނދުފަތީގެ ނަންބަރަކީ O09V01އެވެ. މި ވަދު ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ:

00°51.000’N

073°06.600’E

ވަދު ކަނދުފަތި ޤާއިމްކުރުމުގެ މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުން ކަމަށް އެވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށްބޮޑު ފަސޭހައެއްވެސް މެއެވެ.

މި ލިޔުމާ ގުޅޭ