އެފްއޭއޯގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

މުހައްމަދު އަލީ
އޯގަސްޓް 26, 2025

ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން އިން ބޭއްވި ބީބީއެންޖޭ ޕްރޮޕްކޮމް2 ގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ ޑިރެކްޓަރ ޖެނެރަލް ހުސައިން ޝިނާން ކަމަށްވެސް އެވުޒާރާއިން ވިދާޅުވެފައިވެއެވެ.

މުޖުތަމަޢުތައް ކަނޑާ ގުޅިފައިވާ މިންވަރާއި ކަނޑުގެ ދުޅަހެޔޮކަމާއި އަޅުގަނޑުމެންގެ މުޖުތަމަޢުތަކުގެ ދެމިއޮތުން ގުޅިލާމެހިފައިވާ ގޮތް މި ބައްދަލުވުމުގައި ރާއްޖެއިން ފާހަގަކުރިއެވެ.

ބީބީއެންޖޭ އެއްބަސްވުމުން ރާއްޖެއަށް އެކި ގޮތްގޮތުން ފައިދާކުރާނޭ ކަަމަށްވެސް ވިދާޅުވެފައިވެއެވެ. އެގޮތުން އެކި އޮނިގަނޑުތަކާއި އަދި ބައިނަލްއަގުވާމީ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން ހަރުދަނާކުރުން ހިމެނެއެވެ. އޭގެ ތެރޭގައި އާރްއެފްއެމްއޯތަކާއި ގިނަ ޤައުމުތަކުގެ މެދުގައި ވެވޭ ތިމާވެށީގެ އެއްބަސްވުންތައް ހިމެނެއެވެ.

ކުދި ޖަޒީރާ ޤައުމުތަކަށް ހަމައެކަނި މޭޒުދޮށުގައި ގޮނޑިއެއް ލިބުމުގެ ބަދަލުގައި، ފުރިހަމައަށް އަދި މާނަހުރި ގޮތެއްގައި ބައިވެރިވެ ވަކާލާތުކުރުމުގެ ފުރުސަތު ކަށަވަރުވެގެންދެއެވެ.

ތަރައްޤީވަމުންއަންނަ ޤައުމުތަކުގެ ޤާބިލުކަން އިތުރުކޮށް، ދުނިޔޭގެ ފަންނީ މާހިރުންނާ އެކު މަސައްކަތްކުރުމަށް މަގުފަހިވެގެންދެއެވެ.

މި ލިޔުމާ ގުޅޭ