އެއްވެސް ނޫސްވެރިއަކު ހައްޔަރުކޮށްފައި ނުވާނެ

މުހައްމަދު އަލީ
އޯގަސްޓް 28, 2025

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބިލާ ގުޅިގެން ނޫސްވެރިން އިއްޔެ ކުރި މުޒާހަރާގައި އެއްވެސް ނޫސްވެރިއަކު ހައްޔަރުކޮށްފައިނުވާ ހޯމްމިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ މުޒާހަރާގައި ނޫސްވެރިންތަކެއް ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވެ އެ ނޫސްވެރިން މިނިވަންކުރުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފައިވާ ކަމަށެވެ.

އެކްސްގައި މިނިސްޓަރ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ މުޒާހަރާއާ ގުޅިގެން އެއްވެސް ނޫސްވެރިޔަކު ހައްޔަރުކޮށްފައި ނުވާކަން ކަށަވަރު ކޮށްދެއްވާ ކަމަށެވެ.

ނޫސްވެރިން މުޒާހަރާ ކުރީ ގްރީން ޒޯން ނުވަތަ މުޒާހަރާއާއި އެއްވުންތައް ނުބޭއްވޭ ސަރަހައްދުތަކުގައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެގޮތުން، ނުސްވެރިން މުޒާހަރާކޮށްފައިވަނީ ރައީސް އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގެ ކުރިމަތީގައިކަމަށް ވަނީ ވިދާޅުވެފައެވެ.

ގްރީން ޒޯންގައި މުޒާހަރާ ކުރުމަކީ ޤާނޫނާ ޚިލާފު އަމަލެއް ކަމަށާއި ފުލުހުން އެ ނޫސްވެރިން އެ ސަރަހައްދުން ދުރައްޖެއްސީ ނަސޭހަތްދީ، އިންޒާރު ދިނުމަށްފަހު އެ ކަންކަމަށް އިޖާބަ ނުދިނުމުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މުޒާހަރާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނުގައިވެސް ވިދާޅުވީ އެއްވެސް ނޫސްވެރިޔަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށާއި އަދި ނޫސްވެރިންނަށް ގްރީންޒޯނުން ދިއުމަށް އިރުޝާދު ދެއްވި ކަމަށެވެ.

 

މި ލިޔުމާ ގުޅޭ