މާލޭ މަޖީދީމަގުގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފިިއެވެ. ފުލުހުން ވިދާޅުވެފައިވަނީ މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. މިމައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ރޭ ފަތިހު 5:15 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
އަނިޔާވި މީހާއަށް މިހާރު ދަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ކަަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން ވަނީ މިމައްސަލަ ތަހުގީގު ކުރަން ފަށައިފައެވެ.






