މާލޭގައި ހިނގި މާރާމާރީއެއްގައި އަނިޔާ ވެގެން ފަރުވާ ދިނުމަށް އައިޖީއެމްއެހް ހޮސްޕިޓަލަށް ގެންދިޔަ މީހަކު އެ ތަނުގެ ޑޮކްތަރުންނާއި، ނަރުހުންނަށް ބިރު ދަައްކައި މަރުގެ އިންޒާރު ދީގެން ހައްޔަރު ކޮށްފިއެވެ.
އެހެންކަމުން ބިރު ދެއްްކުމުގެ ކުށުގައި ހައްޔަރުކޮށްފައިވަނީ، ގދ. ވާދޫ/ފުރުސަތު ލޫތު އިބްރާހިމް، 28އ، އެވެ.
ފުލުހުން ބުނީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ފަތިހުގެ ވަގުތެއްގައި ހިނގި މި މާރާމާރީއާ ގުޅިގެން އަނިޔާވި ލޫތުއަށް ފަރުވާ ދިނުމަށް ހަމަ އެ ދުވަހު މެންދުރުގެ ވަގުތެއްގައި އައިޖީއެމްއެޗަށް ގެންދިޔަ ކަމަށެވެ.
ނަމަވެސް ލޫތު ވަނީ އޭނާއަށް ފަރުވާ ދެމުންދިޔަ ސިއްހީ މުވައްޒަފުންނަށް މަރުގެ އިންޒާރުދީ ބިރު ދައްކާފައިކަމަށްވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން އޭނާގެ ޖީބުން ވަޅިއެއް ވެސް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ލޫތު އިބްރާހިމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް އިއްޔެ ވަނީ 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީހު ކުރަމުންދާ ކަމަށެވެ.






