ލ. މާވަށް / ނަލަހިޔާ، މޫސާ އިބްރާހީމް (29އ) އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ މައްސަލައިގެ ތަހުގީގު ނިންމައި، ހދ. ނޮޅިވަރަންފަރު / އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް (29އ) ގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީ މި ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހުކަމަށެވެ.
މި މައްސަލަ ޕްރޮސެކިއުޓަރ ޖެެނެރަލްގެ އޮފީހުން ވަނީ ބަލައިގެންފައެވެ.
މި މައްސަލައިގައި މުހައްމަދު އިބްރާހިމް ހައްޔަރުކޮށްފައިވަނީ ޖުލައި 28 ވަނަ ދުވަހުއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގާފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ 2025 ޖުލައި 28 ވަނަ ދުވަހުގެ 10:12 އެހައިކަންހާއިރުއެވެ. މި މާރާމާރީގައި އަނިޔާވި މޫސާ އިބްރާހީމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.






