ރައީސް އޮފީސް ކުރިމަތީގައި ނޫސްވެރިން ހިމޭން މުޒާހަރާއެއްކޮށްފި

މުހައްމަދު އަލީ
ސެޕްޓެމްބަރ 28, 2025

ރައީސް އޮފީސް ކުރިމަތީގައި ނޫސްވެރިން ހިމޭން އިހުތިޖާޖެއް މިއަދު ކޮށްފިއެވެ.

ވޯލްޑް ނިއުސް ޑޭ އަދި ދުނިޔޭގެ ރައިޓް ޓު އިންފޮމޭޝަން ދުވަހާ ގުޅުވައި ނޫސްވެރިން މި މުޒާހަރާކުރީމެންދުރު 13:30 އިން ފެށިގެން އެއް ގަޑިރު ވަންދެނެވެ.

ޝުއޫރުފާޅު ނުކުރިނަމަވެސް މި ނޫސްވެރިން އިހުތިޖާޖުގައި ތިބީ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ.

އަދަދު ނޫހާއި ދައުރު ނޫސް އަދި މީހަރު ނޫސް ވެސް ހިމެނޭ ގޮތަށް ގިނަ މީޑިއާތަކުން ބައިވެރިވި އިހުތިޖާޖުގައި ނޫސްވެރިން ތިބީ އަނގަމަތީ ޓޭޕް އަޅައިގެންނެވެ.

އިހުތިޖާޖުގައި ބައިވެރިވި ނޫސްވެރިން ހިފައިގެން ތިބި ޕޯސްޓަރުތަކުގައި އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ލިޔެފައި ވަނީ މައުލޫމާތުތައް ހާމަކުރުމަށާއި މީޑިއާތަކުގެ އަޑު ކަނޑުވާލަން ކުރާ މަސައްކަތް ހުއްޓާލުމަށެވެ.

އޭގެއިތުރުން ބޯޑުތަކުގައި ލިޔެފައިވަނީ މީޑިއާ ކޮންޓްރޯލް ގާނޫނަށް އަމަލު ނުކުރާނެ ކަމަށާއި އެ ގާނޫނު ވަގުތުން ވަގުތަށް އުވާލުމަށެވެ.

ނޫސްވެރިންގެ ހިމޭން އިހުތިޖާޖު ނިންމާލާފައިވަނީ ހުރިހާ ނޫސްވެރިން އެއް އަޑަކުން މީޑިއާ ކޮންޓްރޯލްކުރާ ގާނޫނަށް އަމަލު ނުކުރާނެ ކަމަށް ބުނުމަށްފަހު އެވެ.

މި ލިޔުމާ ގުޅޭ