ޝަރީއަތް ނިމެންދެން ޖަހަންގީރު ބަންދުކޮށްފި

މުހައްމަދު އަލީ
ސެޕްޓެމްބަރ 28, 2025

އުމުރުން އެކާވީސް އަހަރުގެ، ނޭޕާލު އަންހެނަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކުރިކަމުގެ ތުހުމަތުގައި މިވަގުތު ފުލުހުންގެ ބަންދުގައިހުރު ބަނގްލަދޭޝްގެ ޖަހަންގީރުގެ މިއާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ހުކުމް ކޮށްފިއެވެ. ކޯޓުން އެގޮތަށް ހުކުމްކުރީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރު ކުރުމުންނެވެ.

މި މާރާމާރީގައި އަނިވި ނޭޕާލް އަންހެންމީހާއަށް ފަރުވާދީފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. ފަރުވާއަށްފަހު މިމަހު 27 ވަނަ ދުވަހު އޭނާ ވަނީ ހޮސްޕިޓަލުން ދީކޮށްލައިފައެވެ. ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

މި ލިޔުމާ ގުޅޭ