އިމިގްރޭޝަން ޓީމަކީ ބަދަހި ޓީމެއް، ނަތީޖާ ހާސިލް ކުރެވޭނެ: ފަސީހު

މުހައްމަދު އަލީ
ސެޕްޓެމްބަރ 29, 2025

އިމިގްރޭޝަންގެ ޓީމަކީ ވަރަށް އެކުވެރި ބަދަހި ޓީމެއް ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީ.ޕީ (ރޓ) އަޙްމަދް ފަޞީޙް ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަން އިންސައިޓްސްގައި ވާހަކަ ދައްކަވަމުން ފަޞީޙް ވަނީ އިމިގްރޭޝަނަކީ އާންމު ރައްޔިތުންގެ އިތުބާރު ލިބި އަދި ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީންނަކީ ސިސްޓަމްގެ ތެރެއިން މަސައްކަތް ކުރާ ބަޔަކަށްވުމަކީ ކުރައްވާ ވަރަށް ބޮޑު އުންމީދެއް ކަމަށް ވިދާޅުވެފައެވެ.

ކޮންޓްރޯލަރ ވިދާޅުވީ ގްލޯބަލައިޒް ވޯލްޑެއްގަ ބިދޭސީން އަންނާނެކަން ގަބޫލުކުރަން ޖެހޭކަމަށެވެ. އެހެންވީމާ ބިދޭސީންނަކީ ކުށްކުރުން މަދު ބަޔަކަށްވެ އަދި އިމިގްރޭޝަނަކީ ރައްޔިތުންގެ ލޯތްބާއި، އިތުބާރާއެކީ ޚިދުމަތްދޭ މުއައްސަސާއަކަށްވުމަކީ ކުރައްވާ އުންމީދެއް ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަކީ ސިސްޓަމްގެ ތެރެއިން މަސައްކަތް ކުރާ ބަޔަކަށްވުމަށް ވެސް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ކޮންމެ ތަނެއްގައި ވެސް އަބަދުވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން ހުންނާނޭ ކަމަށާއި، އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި އިމިގްރޭޝަނުން ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. އިމިގްރޭޝަނުން ޚިދުމަތް ހޯދާއިރު ސިސްޓަމްގެ ތެރެއިން ކަންކަން ކުރުމަށް ވެސް ކޮންޓްރޯލަރ ވަނީ އެދިވަޑައިގެންފައެވެ. އަދި ރާއްޖޭގެ މައި ދޮރާއްޓާ ހަމައަށް އަންނަ ކޮންމެ މީހަކަށް އެންމެ އެކަށީގެންވާ އަވަސް ޚިދުމަތެއް އިމިގްރޭޝަނުން ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް ދެއްވިއެވެ.

އިމިގްރޭޝަންގެ ސިސްޓަމުގެ ބޭނުން ނަހަމަގޮތުގައި ބޭނުން ނުކުރުމަށް އެދި ސީޖީ ވަނީ ކުރިއަށް އޮތްތަނުގަ އިމިގްރޭޝަނުން އާންމު ރައްޔިތުން ހޯދަން އަންނަ ކޮންމެ ޚިދުމަތަކީ ލުއިފަސޭހަކަމާއެކީ ލިބޭނެ ޚިދުމަތަކަށް ހައްދަވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

 

މި ލިޔުމާ ގުޅޭ