ދިއްދޫ ގައި ފުޓްސަލް ދަނޑެއް ތަރައްޤީކުރަން އެމްޓީސީސީއަށް

މުހައްމަދު އަލީ
އޮކްޓޯބަރ 1, 2025

އދ. ދިއްދޫ ގައި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ޙަ ވާލުކޮށްފިއެވެ. އެކުންފުންޏާ މިމަޝްރޫއު ހަވާލު ކުރުމުގެ ރަސްމިއްޔާތު ބޭއްވީ މިނިސްޓްރީ އޮފް ސްޕޯރޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން ގައި މިއަދުއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް )ރިޓަޔަރޑް( އަޙުމަދު ސަޢުދީއެވެ. މިނިސްޓްރީ އޮފް ސްޕޯރޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން ގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢަބްދުﷲ ރާފިޢުއެވެ.

ދިއްދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތާއި، ކޮންކްރީޓް މަސައްކަތްތަކާއި، ވަށައި ފާރު ރޭނުމާއި، އިލެކްޓްރިކަލް މަސައްކަތްތައް ހިމެނޭ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

މި މަސައްކަތުގެ އަގަކީ 1.74 މިލިއަން ރުފިޔާއެވެ. މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ 120  ދުވަހެވެ.

މި ލިޔުމާ ގުޅޭ