މަރާމާތަށްފަހު އުމަރުގެ ސަބްމެރިން އޮޕަރޭޝަނަން

މުހައްމަދު އަލީ
އޮކްޓޯބަރ 2, 2025

ގާތްގަނޑަކަށް 45 ދުވަހުގެ މަރާމާތަކަށްފަހު އުމަރު ނަސީރުގެ ވޭލް ސަބްމެރިން އަލުން އޮޕަރޭޝަނަން ނެރެފިއެވެ.

ފަސިންޖަރ ސަބްމެރިންގެ ޚާއްސަ މަރާމާތަށްފަހު އަލުން ޚިދުމަތަށް މިނެރުނީ ކުރަންޖެހޭ ޓެސްޓުތަށް ވެސް ކޮށް ނިންމުމަށްފަހު ކަމަށް ސަބްމެރިން ހިންގާ ކުންފުނީން ވަނީ ބުނެފައެވެ.

ރާއްޖޭގައި މި ސަބްމެރިން އޮޕަރޭޓު ކުރާތާ މިހާރު ފަންސަވީސް އަހަރު ވަނީއެވެ. މިދުވަސްތަކުގައި އިކޮނޮމީ ދަށްވެގެން ވަރަށްބޮޑަށް ކުންފުންޏަށް ގެއްލުންވި ދުވަސްތަކެއްވެސް ވަނީ ހޭދަކޮށްފައެވެ. ޚާއްސަކޮށް ކޮވިޑުގެ ހައްސާސް ދަނޑިވަޅުގައި މިމައްސަލަ ވަރަށް ބޮޑަށް ދިމާވިއެވެ. އެކުންފުނިން އުންމީދު ކުރަނީ އިގްތިސާދު ރަނގަޅުވެ ސަބްމެރީންނަށް ފައިދާވާނޭ ދުވަހަކަށެވެ.

މި ލިޔުމާ ގުޅޭ