ފައްޔާޒު އިސްމާއީލް

އެތައްސަތޭކަ ބަޔަކު ރަށްރަށުން އައިސް މާދަމާރޭގެ މުޒާހަރާގައި ބައިވެރިވާނެ: ފައްޔާޒު

މުހައްމަދު އަލީ
އޮކްޓޯބަރ 2, 2025

މާދަމާރޭ މާލޭގައި އެމްޑީޕީން ބާއްވާ ”ލޫޓުވައިފި ލޫޓުވައިފި“ މުޒާހަރާގައި ބައިވެރިވުމަށް ރަށްރަށުން އެތައްސަތޭކަބަޔަކު މާލެއައިސް މުޒާހަރާގައި ބައިވެރިވާނޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ފުނޑިފައިވާ ވަގުތެއްގައި މިފަދަ މުޒާހަރާއަކަށް ރަށްރަށުން އައުމަށް ގޮންޖެހުންތަކެއް ހުންނާނޭ ކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވަން ރަށްރަށުން މީހުން އަންނާނޭ ކަމަށެވެ.

މާދަމާރޭގެ އެއްވުމުގައި އެމްޑީޕީއާއެކު އަދާލަތު ޕާޓީވެސް ނުކުންނާނެއެވެ. ފައްޔާޒު ވިދާޅުވީ މިހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އެހެން ޕާޓީތަކަށް ވެސް އެބައޮތްކަމަށެވެ.

މި ލިޔުމާ ގުޅޭ