ގައުމަށް ހެޔޮއެދޭ އަދި ތަރައްގީ ފިކުރަށް ލޯބިކުރާ ރައްޔިތުންގެ ތެރެއިން ގިނަ މީހުން ތިބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝާރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރޭ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާއާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ވިދާޅުވެފައި ވަނީ ގައުމަށް ހެޔޮއެދޭ އަދި ތަރައްގީގެ ފިކުރަށް ލޯބިކުރާ ގިނަ ރައްޔިތުން ތިބީ ރައީސާއެކުގައިކަން ރޭގެ ޖަލްސާއިން ވަރަށް ސާފުކޮށް އެނގިގެންދިޔަ ކަމަށެވެ.
”ކޮރޮޕްޝަނާ، ވައްކަމާ ދެކޮޅަށް ނިކުންނަންވާނީ ފަސްބައި ސާފު، ވައްކަންނުކުރާ، ޚިޔާނާތްތެރިނުވާ މީހުން“ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.






