ޗައިނާގެ ސަވެއިލަންސް ވިޔަފާރި ހާމަވުން

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 5, 2025

އައު ލީކްވެފައިވާ ލިޔެކިޔުންތަކުން ދައްކަނީ ޗައިނާގައި ރައްޔިތުންނަށް ފާރަލާ، ސަވެއިލަންސް-އިންޑަސްޓްރިއަލް ކޮމްޕްލެކްސްގެ ފުޅާ ދާއިރާއެއްގެ މަޢުލޫމާތު ބޭޒާރު ވެފައިވާ ކަމަށެވެ. މި ނިޒާމަކީ ޚުދުމުޚުތާރު ގޮތްގޮތަށް ކޮންޓްރޯލް ކުރުމާއި ވިޔަފާރީގެ އަމާޒު އެއްކޮށްލެވިފައިވާ ނިޒާމެކެވެ. ގީޖް ނެޓްވާރކްސް އަދި ގޯލެކްސީ ކުންފުނިތަކުގެ 500ޖީބީ އަށްވުރެ ގިނަ އިންޓަރނަލް ފައިލްތަކުން ބޭޒާރު ވެފައި ވަނީ މި ކުންފުނިތަކުން އުފައްދާ ސެންސަރޝިޕް އަދި ޕްރޮޕެގެންޑާ ޓެކްނޮލޮޖީތައް އެގައުމުގައި ބޭނުންކުރުމުގެ އިތުރުން ބެލްޓް އެންޑް ރޯޑް އިނީޝިއެޓިވްގެ ދަށުން އެހެން ގައުމުތަކަށް ވެސް އެކްސްޕޯޓްކުރަމުންދާކަމެވެ.

ގީޖް ނެޓްވާރކްސްއިން ތަރައްޤީކޮށްފައިވާ ޓިއަންގޯ ސެކިއޯ ގޭޓްވޭއިން ޑީޕް ޕެކެޓް އިންސްޕެކްޝަން، ވީޕީއެން ބްލޮކިންގ އަދި މެޓަޑޭޓާ އެނަލިސިސް ފޯރުކޮށްދެއެވެ. އަދި މީގެ އެންމެ ވާދަވެރި ބައިކަމުގައިވާ ”ރެޕިއުޓޭޝަން-ބޭސްޑް“ އެކްސެސް ކޮންޓްރޯލްސްއިން ޔޫސަރުންގެ އޮންލައިން ފައިލުތައް ދަރަޖަކޮށް، އިންޓަރނެޓް ބޭނުންކުރުމުގެ ހުއްދަތައް ކަނޑައެޅެއެވެ.

ގޯލެކްސީއިން އަމާޒުކުރަނީ އެލްގޮރިދަމިކް ޕްރޮޕެގެންޑާއަށެވެ. މި ކުންފުނީގެ އޭއައި ޕްލެޓްފޯމްތަކުން ސޯޝަލް މީޑިއާގެ ޑޭޓާ އެއްކޮށް، އިންފްލުއެންސަރ ނެޓްވާރކްތައް ދެނެގަނެ، ވިލަރެސްކުރެވިފައިވާ ކެމްޕޭންތަކަށް ކޮންޓެންޓް އުފައްދައި ދެއެވެ. މި ޓެކްނޮލޮޖީތައް މިހާރު މިޔަންމާ، ޕާކިސްތާން އަދި އީތިއޯޕިއާ ފަދަ ގައުމުތަކުގައި ބޭނުންކުރެވެމުންދާކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.

މާހިރުން ވިދާޅުވާ ގޮތުގައި ޗައިނާގެ ފަންނީ ޚުދު މުޚުތާރު ނިޒާމުގެ ޓެކްނޯ-އޮތޯރިޓޭރިއަނިޒަމްގެ މޮޑެލް މިހާރު އެ ގައުމުގެ ސަރަހައްދުން ބޭރަށް ފެތުރެމުން ދާކަމަށެވެ. ސަވެއިލަންސް އިންފްރާސްޓްރަކްޗަރ އަދި ޕްރޮޕެގެންޑާގެ ހުނަރު އެކްސްޕޯޓްކުރުމުގެ ސަބަބުން، ޗައިނީސް ކޮމިއުނިސްޓް ޕާޓީގެ ސިޔާސީ ފިކުރު ފުޅާވެ، ޑިމޮކްރެޓިކް މިންގަނޑުތަކަށް ގޮންޖެހުންތައް ކުރިމަތިވަމުން ދާކަމަށްވެސް ބުނެއެވެ.

މި ލިޔުމާ ގުޅޭ