ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ ބޭފުޅުން އައްޔަން ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ބޭފުޅުންނާމެދު، އާއްމުންގެ ޝަކުވާއެއް އޮތްނަމަ ހުށަހަޅަން ހުޅުވާލައިފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުެގ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމގައި، އެބެފުޅުންނާމެދު ޝަކުވާއެއް އޮތްނަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ ހަތެއްވާ އަންގާރަ ދުވަހުގެ 12:00 ނިޔަލަށްދޭން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ކޮމިޓީން އެގޮތަށް ފާސްކުރުމާ ގުޅިގެން، އެ ބޭފުޅުންނާމެދު ޝަކުވާއެއް އޮތްނަމަ ޖުޑިޝަރީ ކޮމިޓީގެ މެއިލް އަށް ނުވަތަ، މަޖިލިސް އިދާރައަށް ލިއުމުން ފޮނުވުމަށްއެދި މަޖިލީހުގެ އިދާރާއިން ވަނީ އިއުލާން ކޮށްފައެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ ބޭފުޅުން އައްޔަން ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރި މަހާޒް އަލީ ޒާހިރު ހިމެނޭހެން ހަ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވައިގައެވެ.
އެބޭފުޅުންނަކީ:
މަހާޒް އަލީ ޒާހިރު ގދ. މަޑަވެލި މޭނާއާޝިއާ އަޒީމާ ރޯޒްވިލާ ރ. ހުޅުއްފާރުއިބްރާިހިމް އަފީފު ގުލްބަހާރުގެ ބ. ތުލާދޫޝިފާޒް އަލީ ދަފްތަރު ރސ. 12854ފާތުނަތު ނައުޝާން ފިޔާތޮށިގެ ޅ. ނައިފަރުއަހުމަދު ޔާމީން ބީޗްކޯނާ ގދ. ގައްދޫޝައުފާ އިބްރާހިމް އަކިރިވިލާ ދ. މީދޫމި މައްސަލަ ދިރާސާ ކުރަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންނެވެ.






