ކެބިނެޓު އެކުލަވާލައި ވަޒީރުން އައްޔަން ކުރިތާ އެއް ދުވަސްފަހުން ފްރާންސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައިފިއެވެ. ފްރާންސްގެ އާ ބޮޑުވަޒީރު މަގާމުން އެއް މަސް ނުވަނީސް އިސްތިއުފާ ދެއްވީ މިއަދު ހޯމަ ދުވަހު އެވެ.
ފްރާންސްގެ ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސެބަސްޓިއަން ލެކޯނޫ، 39އ، ރައީސް އިމަނުއެލް މެކްރޮންއާ ބައްދަލުކުރައްވައި، އިސްތިއުފާ ދެއްވާފައިވާ ކަމަށާއި މެކްރޮން އިސްތިއުފާ ގަބޫލުކުރެއްވި ކަމަށެވެ.
ބޮޑު ވަޒީރު ވިދާޅުވީ ޝަރުޠުތައް ފުރިހަމަ ނުވާއިރު ބޮޑުވަޒީރަކަށް ނުވެވޭނެ ކަމަށެވެ. ލެކޯރނޫ އިސްތިއުފާ ދެއްވީ އޭނާގެ ވަޒީރުން މަގާމަށް ހަމަޖެއްސިތާ އެއް ދުވަސް ފަހުންނެވެ. އަދި އެ މަގާމުގައި އޭނާ ހުންނެވީ އެންމެ 27 ދުވަސް ވަންދެންނެވެ. މިއީ އިސްލާމޯފޯބިއާ ސިޔާސަތެއްގެ ގޮތުގައި ގެންގުޅޭ ފްރާންސްގެ ފަސްވަނަ ޖުމްހޫރިއްޔާގެ އެންމެ ކުރު މުއްދަތުގެ ސަރުކާރެވެ.
މިއީ މެކްރޮންގެ ރިއާސަތުގައި އައްޔަން ކުރެވުނު 7 ވަނަ ބޮޑު ވަޒީރެވެ.






