މޮދީ ޕޫޓިންއަށް އުފަންދުވަހުގެ ތަހުނިޔާ ވިދާޅުވެއްޖެ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ ވާހަކަ ދައްކަވައި، ޕޫޓިންގެ 73 ވަނަ އުފަންދުވަހުގެ ތަހުނިޔާ ވިދާޅުވެފަ އެވެ. ދެ ބޭފުޅުން ވަނީ ދެގައުމުގެ ކުރިއެރުންތައް މުރާޖަޢާކުރައްވައި، “ޚާއްޞަ އަދި އިމްތިޔާޒު ލިބިފައިވާ ސްޓްރެޓެޖިކް ޕާޓްނަރޝިޕް” ފުންކޮށް ކުރިއަށް ގެންދިއުމަށް ވަޢުދުވެވަޑައިގެންފައެވެ.
ޕޫޓިން މިއަހަރު ފަހުކޮޅު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނާވެ ކަމަށް ލަފާ ކުރެވެއެވެ.






