އަދިވެސް ޣައްޒާގައި އޮތީ ހަމާސްގެ ބާރު

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 11, 2025

އިސްރާއީލުގެ މީޑިއާއާއި އަމިއްލަ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ޣައްޒާއަށް ދެކޮޅަށް ކުރި ޖެނޮސައިޑް ހަނގުރާމައިގެ މައިގަނޑު ލަނޑުދަނޑިތައް ޔަހޫދީންނަކަށް ހާސިލެއް ނުކުރެވުނެވެ. އަދި ހަމާސްގެ ބާރުވެރިކަން ނައްތާލުމަށް ކުރި މަސައްކަތް ވެސް ނާކާމިޔާބުވެ، އެ ޖަމާއަތް ވެރިކަން ކުރާ ބާރެއްގެ ގޮތުގައި އަދިވެސް ދެމިއޮތްކަން އެފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

ޔަހޫދީ ނޫސްވެރިޔާ އާވީ އިސަސްޚަރޯފް ބުނެފައިވަނީ، ހަމާސްގެ ހަނގުރާމަވެރިން ޣައްޒާގެ މަގުމަތީގައި ހަރަކާތްތެރި ވަމުންދާއިރު، އެމީހުން މޫނު ނިވާކޮށް، ރައްކާތެރި ހެދުން އަލައިގެން އުޅޭ ކަމަށެވެ. އަދި ހަމާސް ގެ ހަތިޔާރު އެޅި ހަނގުރާމަވެރިން އަދިވެސް ޣައްޒާ ސަރަހައްދު ހިންގަމުންދާކަން ފެންނަން ހުރި ކަމަށެވެ. މީގެ އިތުރުން، ހަމާސް އަކީ ބަދަހިކޮށް އިންތިޒާމުވެފައިވާ، އަސްކަރީ ގޮތުން ކުޅަދާނަ ޖަމާއަތެއްގެ ގޮތުގައި ދެމިއޮތް ބައެއް ކަން އެހެން ޔަހޫދީ ލިޔުންތެރިން ވެސް ހިބްރޫ މީޑިއާގައި ފާހަގަކޮށްފައިވެއެވެ.

އިސްރާއީލުގެ ކުރީގެ ޖެނެރަލް އިސްހާޤް ބްރިކް ބުނެފައިވަނީ، އެމެރިކާގެ ރައީސް ޓްރަމްޕް އިސްރާއީލް ސަލާމަތް ކޮށްދިނީ އެންމެ ފަހު ވަގުތުގައެވެ. އޭނާ އިތުރަށް ބުނެފައިވަނީ ޔަހޫދީ ސިފައިންނަށް ހަމާސް ބަލިކުރުމަށް ނުކުޅެދުނު ކަމަށާއި، ހަނގުރާމަ ނިމުނު އިރު ހަމާސްގެ ހަތިޔާރުތައް ހޯދއި ގަތުމަށްވެސް  ނެގުމަށް ޔަހޫދީ ސިފައިންނާއި ސަރުކާރު ނުކުޅެދުނު ކަމަށެވެ. އަދި ހަމާސް މިހާރު އަނެއްކާވެސް ޣައްޒާގެ ގިނަ ސަރަހައްދުތަކެއްގެ ކޮންޓްރޯލް ހޯދައިފައިވާކަން ޔަހުދީ މީޑިއާގައި އެހެން ނޫސްވެރިން ވެސް ފާހަގަކޮށްފައިވެއެވެ.

މި ލިޔުމާ ގުޅޭ