ޔަހޫދީ ޖެނޮސައިޑް ސިފައިންނަށް ގޮވާތަކެތި ސަޕްލައި ކުރާ އެމެރިކާގއެ ޓެނެސީގެ އަސްކަރީ ގޮވާތަކެތި އުފައްދާ ޕްލާންޓެއްގައި ބޮޑު ގޮވުމެއް ގޮވައިފިއެވެ. މި ގޮވުމާއެކު އިމާރާތުގެ ފުރާޅު ފަޅައިގެން ގޮސް 19 މީހަކު ގެއްލިފައި ވެއެވެ. އަދި އެތައް ބަޔަކު މަރުވެފައިވާ ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ.
އެމެރިކާގެ މީޑިއާއިން ބްރޯޑްކާސްޓް ކުރި ހެލިކޮޕްޓަރުން ނަގާފައިވާ މަންޒަރުން ދައްކާ ގޮތުގައި ޓެނެސީގެ ހިކްމަން ކައުންޓީގައި ހުންނަ ފެކްޓްރީން އަދިވެސް ދަނީ ދުން އަރަމުންނެވެ. އެ ފެކްޓްރީގެ އެކި ހިސާބުތަކުގައި އަނދާފައިވާ އަދި ގޮވާފައިވާ އުޅަނދުތައް ފެންނާން ހުރެ އެވެ.






