ސައޫދީ މުސާރަވެރިންގެ އަތުން ފައިސާ ބަލައި ނުގަންނަން ހިއުމަން ރައިޓްސް ވޮޗުން ނިންމައިފި

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 11, 2025

ސައޫދީ އަރަބިއްޔާގެ ރިޔާޟް ކޮމެޑީ ފެސްޓިވަލްގައި ބައިވެރިވެފައިޥާ ފަރާތްތަކުން އެއްވެސް މާލީ އެހީއެއް ލިބި ނުގަންނާނެ ކަމަށް ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން އިއުލާން ކޮށްފިއެވެ.

ރިޔާދު ކޮމެޑީ ފެސްޓިވަލްގައި ބައިވެރިވި ކޮމީޑިއަނުން ހުށަހެޅި މާލީއެހީތައް ބަލައި ނުގަންނާނެ ކަމަށް އިއުލާން ކުރި އިރު އެހީ ދިން ފަރާތްތަކުގެ ތެރޭގައި ތެރޭގައި ޕާކިސްތާންގެ އަޒީޒް އަންސާރީ ހިމެނެއެވެ. އޭނާ ހިއުމަން ރައިޓްސް ވޮޗްއަށާއި ރިޕޯޓަރސް ވިތައުޓް ބޯޑަރސްއަށް ހުށަހެޅި ހަދިޔާވެސް ވަނީ ބަލައި ގަތުމަށް ދެކޮޅު ހަދާފައެވެ.

ސަޢޫދީ ސަރުކާރުން މުސާރަދީގެން ގެންގުޅޭ އެންޓަރޓެއިނަރުންގެ ފައިސާ ބަލައިގަތުމަކީ ހިއުމަން ރައިޓްސް ވޮޗްގެ އުސޫލުތަކާ ޚިލާފުކަމެއް ކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ. ހިއުމަން ރައިޓްސް ވޮޗްގެ ސަޢޫދީ ރިސާރޗަރ ޖޮއީ ޝިއާ ވިދާޅުވީ، ހައްޔަރުކޮށްފައިވާ ސަޢޫދީ އެކްޓިވިސްޓުން ދޫކޮށްލުމަށް ގޮވާލުމަށް އަދިވެސް ފުރުސަތު އޮތްކަމަށެވެ.

ސެޕްޓެމްބަރު 26 އިން އޮކްޓޯބަރު 9 އަށް ބޭއްވި މި ފެސްޓިވަލްގައި އަޚޅުލާގީ ގޮތުން ދަށު ދަރަޖައިގެ ބަހުރުވަ ބޭނުންކޮށްފައިވާތީ ފާޑު ކިޔުން އަމާޒު ވެފައި ވެއެވެ. އަދި ބިލް ބަރ، ޑޭވް ޗަޕެލް، ލުއީ ސީކޭ އަދި ޕީޓް ޑޭވިޑްސަން ފަދަ މަޝްހޫރު ކޮމީޑިއަނުން ވަނީ މީގައި ބައިވެރިވެފައެވެ. ސަޢޫދީ ޢަރަބިއްޔާގެ އިންސާނީ ޙައްޤުތަކުގެ ރެކޯޑަށާއި އިދިކޮޅު ފަރާތްތައް އަނިޔާކުރަމުންދާ ގޮތަށް ބަލާއިރު، މި ފަރާތްތަކުގެ ބައިވެރިވުމާމެދު ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. ޕާކިސްތާންގެ އަންސާރީ ބުނެފައިވަނީ އޭނާގެ ބައިވެރިވުމުން ސައުދީ އާއެކު އިންސާނީ ހައްގުގެ ދާއިރާއިން އެދެވޭ މަޝްވަރާތަކަކަށް މަގުފަހިވެދާނެކަމަށް އުންމީދުކުރާ ކަމަށެވެ. ނަމަވެސް ހިއުމަން ރައިޓްސް ވޮޗް އިން ބުނެފައިވަނީ މާނަހުރި އެހީތެރިކަމަކީ ސަޢޫދީ ވސަރުކާރުން ހައްޔަރުކޮށްފައިވާ މީހުންނަށް ޓަކައި ޢާންމުކޮށް ވަކާލާތުކުރުން ކަމަށެވެ.

މި ލިޔުމާ ގުޅޭ