ޕާކިސްތާންގެ ވައިގެ ހަމަލާތަކާ ހެދި އަފްޣާނިސްތާންގެ ޝަކުވާ

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 11, 2025

އިންޑިއާއިން އަފްޣާނިސްތާނަށް އިންސާނީ އަދި ޑިޕްލޮމެޓިކް އެހީތެރިކަން އިތުރުކުރަމުންދާއިރު، ޕާކިސްތާނުން ބޯޑަރު ހުރަސްކޮށް އަފްޣާނިސްތާނަށް ދެމުންދާ ވައިގެ ހަމަލަތަކާ ގުޅިގެން ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.

އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރ އަމީރު ޚާން މުއްތަގީ ނިއު ދިއްލީއަށް ކުރެއްވި ދަތުރުފުޅުގައި، އިންޑިއާއިން ވަނީ އެމްއާރްއައި މެޝިނާއި ސީޓީ ސްކޭން މެޝިންތަކާއި، ކެންސަރު ބޭސްތަކާއި، ކާބޯތަކެތީގެ އެހީ ފޯރުކޮށްދޭން އެއްބަސްވެފައެވެ. އަދި އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖައިޝަންކަރު ވަނީ ކާބުލްގައި ހުރި އިންޑިއާގެ ޓެކްނިކަލް މިޝަން ފުރިހަމަ އެމްބަސީއަކަށް އަޕްގްރޭޑް ކުރުމަށް ނިންމާފައިވާކަން އިއުލާނު ކުރައްވާފައެވެ.

އެހެންނަމަވެސް، ޕާކިސްތާނުން ވަނީ އަފްޣާނިސްތާނުގެ އިރުމަތީ ސަރަހައްދުތަކުގައި ހުރި ތަހުރީކޭ ޠާލިބާނޭ ޕާކިސްތާން (ޓީޓީޕީ) ކޭމްޕްތަކަށް އަމާޒުކޮށް ވައިގެ ހަމަލަތައް ދިނުން ވަރުގަދަ ކޮށްފައެވެ. މިކަމާ ގުޅިގެން ޠާލިބާނުން ވަނީ މިއީ އަފްޣާނިސްތާނުގެ ސިޔާދަތަށް އަރައިގަތުމުގެ އަމަލެއްގެ ގޮތުގައި ސިފަކޮށް މިކަން ކުށްވެރިކޮށްފައެވެ. ނަމަވެސް ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރ ޚަވާޖާ އާސިފް ވިދާޅުވެފައިވަނީ ޓެރަރިޒަމްގެ ނުރައްކާ އަދި އަފްޣާން ރެފިއުޖީންގެ ބުރަ އެތައް އަހަރެއް ވަންދެން އުފުލަމުން އައިސްފައިވާ ޕާކސްތާނަށް ކުރިމަތިވާ ނުރައްކަލުން މި ހަމަލާތައް ދޭންޖެހެނީ ކަމަށެވެ.

މި ލިޔުމާ ގުޅޭ