”ގްރީން އަލްޖީރިއާ“ ގެ ޝިއާރުގެ ދަށުން 24 ގަޑިއިރުގެ ތެރޭގައި އެއް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. އަލްޖީރިއާގެ 58 ޕްރޮވިންސެއްގައި ގައުމީ ދުވަހާ ދިމާކޮށް ގަސް އިންދުމުގެ ކެމްޕޭން ކުރިއަށް ގެން ދިޔައީ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު އެވެ.
މިއީ ތިމާވެށީގެ އެކްޓިވިސްޓް ފުއާދު އަލީ ގެ އެއް މިލިއަން ގަސް އިންދުމަށް ގޮވާލުމާ ގުޅިގެން ކުރިއަށް ގެންދިޔަ ކެމްޕޭނެކެވެ. މި ކެމްޕޭން އިންތިޒާމްކޮށް ސުޕަވައިޒް ކުރީ މިނިސްޓްރީ އޮފް އެގްރިކަލްޗާ، ރޫރަލް ޑިވެލޮޕްމަންޓް އެންޑް ފިޝަރީޒް އިންނެވެ.






