ރައީސް ޔާމީން

ނަސްރުގެ ދުވަހަކީ އިންޑިއާގެ މަދަދުވެރިކަން ދިވެހީންނަށް ހަނދާން ކޮށްދޭ ދުވަސް: ރައީސް ޔާމީން

މުހައްމަދު އަލީ
ނޮވެމްބަރ 3, 2025

ނަސްރުގެ ދުވަހަކީ އަވަށްޓެރި އިންޑިއާގެ މަދަދުވެރިކަން ދާއިމަށް ދިވެހީންނަށް ހަނދާން ކޮށްދޭ ދުވަހެއް ކަމަށް ކުރީގެ ރައީސް އަދި ޕީއެންއެފްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޔާމީން ވަނީ ހަތް ކަމެއް ފާހަގަ ކުރައްވައިފައެވެ. އޭގެ ތެރެއިން އެއްކަމަކަށް ވިދާޅުވެފައިވަނީ މިއަދަކީ ”އަވަށްޓެރި އިންޑިޔާގެ މަދަދުވެރިކަން ދާއިމަށް ދިވެހިންނަށް ހަނދާންކޮށްދޭ ދުވަސް،“ ކަމަށެވެ. އޭގެ އިތުރުން މިއަދަކީ ނަސްރުދެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދާއި ޝުކުރުކުރުންމަތީ ދެމިތިބެން ހަނދާން ކުރަންޖެހޭ ދުވަސް ކަމަށާއި ދިވެހިންގެ ލޭ އޮހޮރުވާލައި ވެރިކަން ބަދަލުކުރަން އުޅުނު ދުވަސް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން މިއަދަކީ ”ސިފައިންގެ ވަރުގަދަ ޢަޒުމާ ވަރުގަދަ ޤުރުބާނީ ފާހަގަ ކުރެވުނު ދުވަސް،“ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން ޒުވާން ޝަހީދު ޙުސައިން އާދަމްގެ މަތިވެރި ޖިހާދުގެ ދުވަސް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. މިއަދަކީ ޤައުމު ދިފާޢު ކުރުމުގައި އެންމެ އާދައިގެ ސިފައިންގެ ބޭކަލަކު މުޅި ސިފައިންގެ ލަޝްކަރަށް ފިލާވަޅު ނަގައިދިން ދުވަސް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން މިއަދަކީ ޤައުމީ ބަޠަލު ބްރިގޭޑިއާ ޖެނެރަލް (ރޓ) އިބްރާހިމް މުޙައްމަދު ދީދީގެ މަތިވެރި ހިތްވަރު ގަދަ މަސައްކަތުން ސިފައިންގެ ހަތިޔާރު ގުދަން ސިފައިންގެ އަތުޖައްސައިދީ ވަރުގަދަ ރައްދު ހަމަލާތަކެއް ދިން ދުވަސް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ