ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 56 މިލިއަން ޑޮލަރުގެ ޑްރަގު އަތުލައިގެންފި

މުހައްމަދު އަލީ
ނޮވެމްބަރ 4, 2025

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފަސް ބިލިއަން އިންޑިއަން ރުުޕީސް (56 މިލިއަން ޑޮލަރު) އަށް އަގުއަރާ މަސްތުވާތަކެތީގެ ބޮޑު ޝިޕްމެންޓެއް ހޯދައިފިއެވެ. އެ އަތުލައިގެންފައިވަނީ ރާއްޖޭގެ ސަރަހައްދުން އެެ ނަގައިގެން ނަގައިގެން ސްރީ ލަންކާއަށް ދިޔަ މަސްބޯޓަކުންނެވެ. އެ ބޯޓު އަތުލައިގެންފައިވަނީ އެ ގައުމުގެ ހުޅަނގު އައްސޭރިން އިއްޔެ އެވެ.

މި ކަން ރިޕޯޓް ކޮށްފައިވަނީ، ސްރީ ލަންކާގެ ނޫހެއް ކަމުގައިވާ ”ނިއުސް ފަސްޓް“ އިންނެވެ. އެ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުން އެތަކެތި އަތުލައިގަތީ ”ސީދޭވީ“ ނަމަކަށް ކިޔާ މަސް ބޯޓަކުންނެވެ.

ލަންކާގެ ފުލުހުންނާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ އެ ބޯޓަކީ ބޯޓުގެ ވެރިފަރާތުން މަސްވެރިަކަމަށް އޭނާގެ ބޭބެއަށް ދީފައިވާ ބޯޓެއް ކަމަށެވެ. ނަމަވެސް ސުވާލު ކުރުމުން އޭނާއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަން ނޭނގޭ ކަމަށް ބުނެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އެ ބޯޓުން 269 ކިލޯގެ ކްރިސްޓަލް މެތަފެޓަމިން އައިސް (މެތު) އާއި 85 ކިލޯގެ ހެރޮއިން ފެނިފައިވާ ކަމަށް ލަންކާގެ ފުލުހުން ބުނެފައިވެއެވެ.

އަތުލައިގަނެވުނު މަސްތުވާތަކެއްޗާއެކު ހަ މީހަކު ހައްޔަރުކޮށްފައިވެއެވެ. ކޮލަމްބޯގެ ޗީފް މެޖިސްޓްރޭޓް ކޯޓުން ވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް އެ މީހުން ބަންދުކޮށްފައެވެ. އަދި ބޯޓުގެ ވެރިފަރާތްވެސް ވަނީ ހައްޔަރުކޮށް ހަތް ދުވަހަށް ބަންދުކޮށްފައެވެ.

ލަންކާގެ ފުލުހުން ތުހުމަތުކުރާ ގޮތުގައި މަސްތުވާތަކެތީގެ ޝިޕްމަންޓުގެ މާސްޓަރމައިންޑަކީ، ދުބާއީގައި ދިރިއުޅޭ ”ދިނުކާ“ ނަމަކަށް ކިޔާ މީހެކެވެ. ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ބޯޓުގެ ވެރިފަރާތް ހަތް ދުވަހުގެ މުއްދަތަށް ހިފަހައްޓައި ސުވާލުކުރަމުން އަންނަ ކަމަށެވެ.

މި ލިޔުމާ ގުޅޭ