މެކްސިކޯގެ ރައީސަށް މީހަކު ޖިންސީ ގޯނާކޮށްފި

އިބްރާހީމްް ސަމީރު
ނޮވެމްބަރ 5, 2025

މެކްސިކޯ ސިޓީގެ ޒޯކަލޯ މައިދާނުގައި އާންމުން ބައިވެރިވި ހަރަކާތެއްގައި މެކްސިކޯގެ ރައީސް ކްލޯޑިއާ ޝެއިންބަމް ބައިވެރިވެ ވަޑައިގެން އުޅުއްވަނިކޮށް މީހަކު އެކަމަނާއަށް ޖިންސީ ގޯނާކޮށްފިއެވެ.

މީސްމީޑއާގައި އެނބުރެމުންދާ މަންޒަރުތަކުން ފެންނަނީ ކާކުކަން ނޭނގޭ މީހަކު ފަހަތުން އައިސް ރައީސާ ބައްދާލައި އޭނާގެ މޭމައްޗަށް އަތްފޯރުވައި ބޮސްދޭން އުޅޭ މަންޒަރެވެ.

ހިނދުކޮޅެއްގެ ތެރޭގައި ޝެއިންބަމް ވަގުތުން ދެއަތް އުފުއްލަވައި އޭނާއާއެކު ހުންނެވި އެހެން އަންހެނެއްގެ ގައިގައި ބައްދައި ލެއްވިއެވެ. އަދި އެއަށްފަހު ގޯނާ ކުރި މީހާއާ ދިމާއަށް އެނބުރިވަޑައިގެން ހިނިތުންވެލެއްވިއެވެ. އަދި ސެކިއުރިޓީން އަވަހަށް ހަރަކާތތެރިވުމުން އަދަބުވެރިކަމާއެކު އެމީހުނަށްވެސް ހުރަސް އަޅުއްވައި ހިނިފުޅުވެޑުވިއެވެ.

މި ލިޔުމާ ގުޅޭ