އިސްލާމޯފޯބިއާ: އެންމެ ބޮޑު ޑިމޮކްރެސީގައިވެސް މުސްލިމު މޭޔަރާ ދެކޮޅަށް ކެމްޕޭން ފަށައިފި

އިބްރާހީމްް ސަމީރު
ނޮވެމްބަރ 5, 2025

އެމެރިކާގެ މުސްލިމު ސިޔާސީ ލީޑަރު ޒަހްރާން މަމްދާނީ ނިއުޔޯކް ސިޓީގެ މޭޔަރު މުންތަޚަބަށް ވިތާ އިރުކޮޅެއް ފަހުން މުމްބާއީގެ ބީޖޭޕީން މުމްބާއީއަށް މުސްލިމު މޭޔަރު ހޮވައިގެން ނުވާނެ ކަމަށް ބުނެ ކެމްޕޭނެއް ފަށައިފިއެވެ.

ބޮޑު ޑިމޮކްރެސީގެ މުމްބާއީގެ ބީޖޭޕީގެ ރައީސް އަމީތު ސަތަމް ވަނީ މުމްބާއީގެ މޭޔަރުގެ އިންތިޚާބަށް ވޯޓުލާ މީހުންނަށް އިންޒާރެއް ދީފަ އެވެ. ސޯޝަލް މީޑިއާގައި ޒުވާބު އުފެދުނު ޕޯސްޓެއްގައި ސަތަމް ލިޔެފައިވަނީ، ”ބައިނަލްއަގްވާމީ ބައެއް ސިޓީތަކުގެ ކުލަ ބަދަލުވަމުންދާ ފަދައިން، ބައެއް މޭޔަރުންގެ ނަންތައް ފެނުމުން، ވޯޓް ޖިހާދު ފެނުމުން، މުމްބާއީގެ މީހުން ސަމާލުވާން ޖެހޭ“ ކަމަށެވެ. މުސްލިމުންނާ ދެކޮޅުވެރި ކޮންމެ އިސްލާމޯފޯބިއާގެ ލޭބަލްތަކުގެ ކުރިއަށް ބީޖޭޕީން ޖިހާދު އެބަސް ބޭނުން ކުރާނެއެވެ. އެގޮތުން ލަވް ޖިހާދަކީ އެމީހުންގެ އަތްމަތީ ބަހެކެވެ. އެކަމަކު ހިންދީ ދފިރިހެނުންނަކީ މުސްލިމު އަންހެން ކުދިންނާ އެންމެ ދޯޅު މީހުންނެވެ.

ބީޖޭޕީގެ މުމްބާއީ ލީޑަރު ބުނެފައި ވަނީ ވޯޓު ޖިހާދަށް މުމްބާއި ތަހައްމަލެއް ނުކުރާނެ ކަމަށެވެ. މިއީ އާލާވަމުން ނިއުޅެމުންދާ އިންލާމޯފޯބިއާގެ ވައްތަރެވެ. މިއީ އިންޑިއާގެ މުސްލިމުންނަށް ވޯޓު މޫސުމާ ދިމާކޮށް ކޮންމެ ސްޓޭޓަކާއި ސިޓީއެއްގައި ލައިގަންނަ މުސީބާތެކެވެ.

 

 

 

 

 

 

 

 

މި ލިޔުމާ ގުޅޭ