އިންޑިއާގެ ވާދަވެރި ގޭންގްތަކުގެ ހަނގުރާމައެއް ދުބާއީގައި ހިނގައިފި ކަމަށް އިންޑިއާ މީޑިއާއިން ރިޕޯޓް ކުރެއެވެ. މިފަދަ ފުރަތަމަ ހާދިސާގައި، ވާދަވެރި ގޭންގްސްޓަރ ލޯރެންސް ބިޝްނޯއީގެ އެހީތެރިއެއް ކަމަށްވާ ޖޯރާ ސިދޫ ވަނީ މަރާލައިފައެވެ. މިކަން އިއުލާން ކުރީ ގޭންގްސްޓާރު ރޯހިތު ގޮދާރާ ނެރުނު ސޯޝަލް މީޑިއާ ޕޯސްޓެއްގައެވެ.
މި ޕޯސްޓުގައިވާ ގޮތުން، ސިއްޕާގެ ނަމުން ވެސް މަޝްހޫރު ސިދޫ މަރާލާފައި ވަނީ ކަރު އަޅައިގެންނެވެ. މި މެސެޖުގައި ބުނެފައި ވަނީ އޭނާ މަރާލަން ޖެހުނީ އެހެން މީހަކަށް ހަމަލާ ދިނުމަށް ޖަރުމަނަށް މީހުން ފޮނުވުމާއި ދުބާއީގައި ދިރިއުޅޭ ބިޝްނޯއީ ގޭންގްގެ މީހުންނާއި ކެނެޑާ އަދި އެމެރިކާގައި އުޅޭ އެގޭންގްގެ މީހުންނަށް ބިރު ދެއްކުމުންނެވެ.

ޕަންޖާބް ދަރިކޮޅުގެ ބިޝްނޯއިއަކީ ދިއްލީގެ ތިހާރު ޖަލުގައި ބަންދުކޮށްފައިވާ 32 އަހަރުގެ ގޭންގްސްޓާރެކެވެ. އޭނާ އޮޕަރޭޓް ކުރަނީ ޖަލުންނެވެ. ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލުކޮށްފައިވާ ގޭންގްސްޓާރަކީ ސަލްމާން ޚާން މަރާލުމަށް ހަމަ ދިނުމާއި ލަވަކިޔާ ސިދޫ މޫސްވާލާ މަރާލުމުގައި ތުހުމަތު ކުރެވޭ މީހެކެވެ.
ބިޝްނޯއި ގެންގުން މީގެ ކުރިން ވެސް މިފަދަ ހާދިސާތައް ޔޫރަޕް އަދި އުތުރު އެމެރިކާގައި ހިނގާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.






