ޕީއެންސީގެ ޖަލްސާއަށް ފަސްދޮޅަސް މިލިއަން ޚަރަދުކުރޭ: މާޒު

މުހައްމަދު އަލީ
ނޮވެމްބަރ 14, 2025

ވެރިކަންކުރާ ޕީއެންސީން މާލޭގައި މިރޭ ބާއްވާ ޖަލްސާއަށް ފަސްދޮޅަސް މިލިއަން ރުފިޔާ ޚަރަދުކުރާ ކަމަށް މާޒު ސަލީމް ވިދާޅުވެއްޖެއެވެ. އެހެންނަމަވެސް މިއަދަދު އޭނާއަށް އެނގިވަޑައިގެންނެވި ގޮތެއް ހާމަކުރައްވާފައެއް ނުވެއެވެ.

ސަރުކާރުން ކުއްލިއަކަށް ފަސް ސަތޭކަ ފުލުހުން ނެރެގެން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ފެށިކަމަށް އިޝްތިހާރުކުރީ މިކަން އޮއްބާލަން ކަމަށްވެސް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ. ”ކޮންމެހެން ރައްޔިތުންނަށް އޮޅުވާލަން އުޅޭނެ ކަމެއްނެތް. މަސްތުވާތަކެތީގެ ބޮޑެތި ވިޔަފާރިކުރާ މޫލާފައިތިބި ފަރާތްތައް ހައްޔަރެއް ނުކުރެވޭނެ އަދި ނުވެސް ކުރާނެ. އެމީހުންތިބީ މިސަރުކާރާއެކު. އޮޅުވާލުމާއި އަދި މިފަދަ ދޯހަޅި ސިޔާސަތާއި ވައްކަން ބޮޑުކަމުން، ޤައުމު ދަރާވިކި، ބޭސްފަރުވާގެ ނިޒާމު ހަލާކުވެ، އަސާސީ ޚިދުމަތްތަކުން ރައްޔިތުން މަޙުރޫމްވެ، ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، ރައްޔިތުން ބަނޑައްޖެހެމުން މިދަނީ،“ ސޯޝަލް މިޑީއާގައި ވިދާޅުވެފައިވެއެވެ.

ޕީއެންސީގެ ބޭނުންތަކަށް ޚަރަދުކުރަމުންދާއިރު، ފައިސާ ދެވެންނެތްކަމަށް ބުނެ އާސަންދައަށާއި އަދި އަމިއްލަ ކުންފުނިތަކުން ކޮށްފަހުރި މަސައްކަތްތަކަށް ފައިސާ ނުދީ ސަރުކާރުން ވަނީ ހިފަހައްޓާފައި ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. ”އެހެންނަމަވެސް، ސަރުކާރަށް ތާއީދު އޮތްކަން ދެއްކުމަށް ސަރުކާރުގެ ހުރިހާ ފުލައިޓުތައް ޗާޓަރުކޮށްގެން، އޮޑިދޯނިފަހަރާ، ލޯންޗުތަކާއި، ބަސްތައް ބޭނުންކޮށްގެން މީހުން މާލެއަށް ޖަމާކުރާތަން މިފެންނަނީ،“ އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް ސަރުކާރުން ބުނަމުންދަނީ މިރޭގެ ޖަލްސާއަށް ފައިސާދެނީ ”ހޮޔޮއެދޭ ފަރާތަކުން“ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ”ކުރިންވެސް މުޢިއްޒު ހުރި އަދި ޕީއެންސީ ކިޔާ ގޭންގުވެސް އޮތް. މިފަދަ ބޮޑެތި ޚަރަދުކޮށްގެން މާލެއަށް މީހުންޖަމާކޮށްގެން ޖަލްސާ ބާއްވާދޭން ޚަރަދު ކޮށްދޭނެ އެބުނާ ހެޔޮއެދޭ ފަރާތްތަކެއްނެތް. ދައުލަތުގެ ރިސޯސްއާއި ފައިސާތައް ނަހަމަގޮތުގައި ފާޅުގައި ބޭނުން ކުރަމުން މިދަނީ،“ ސަލީމް ވިދާޅުވެފައިވެއެވެ.

ސަލީމް ވިދާޅުވެފައިވަނީ މިފަދަކަންކަން ހައްލުވާނީ އޭސީސީގެ ވެރިންގެ މަސްއަލަބަލައި ހައްޔަރުކޮށް، ރައްޔިތުންހޮވާ ބަޔަކު އެ އިދާރާއަށް ލުމަށް ޤާނޫނު ބަދަލުކޮށްގެން ކަމަށެވެ. މިނޫން ގޮތަކަށް މެނުވީ، ”މަކަރާހީލަތުން އޮޅުވާލައިގެން ދައުލަތުގެ ތެރެއިން ކުރަމުންދާ މިފަދަ ބޮޑެތި ވައްކަންތައް ނުހުއްޓުވޭނެ،“

މި ލިޔުމާ ގުޅޭ